"ސެލްފީ" ޕްރޮމޯޓްކުރަން އަކްޝޭ ހެދީ ސެލްފީ ނެގުމުގެ ރެކޯޑެއް
"ސެލްފީ" ޕްރޮމޯޓްކުރަން އަކްޝޭ ހެދީ ސެލްފީ ނެގުމުގެ ރެކޯޑެއް

އަކްޝޭ ކުމާރުގެ އާ ފިލްމު "ސެލްފީ" ޕްރޮމޯޓް ކުރުމަށް، ތިން މިނިޓް ތެރޭ އެންމެ ގިނައިން ސެލްފީ ނެގި މީހާގެ ރެކޯޑު ހަދައިފި އެވެ.

"ސެލްފީ" ޕްރޮމޯޓްކުރަން އަކްޝޭ ހެދީ ސެލްފީ ނެގުމުގެ ރެކޯޑެއް
"ސެލްފީ" ޕްރޮމޯޓްކުރަން އަކްޝޭ ހެދީ ސެލްފީ ނެގުމުގެ ރެކޯޑެއް

ގިނީސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި، އަކްޝޭ އެ ރެކޯޑު މުގުރާލައިފާ ވަނީ ތިން މިނެޓުން 184 ސެލްފީ ނަގައިގެންނެވެ.

އަކްޝޭގެ ކުރިން، 168 ސެލްފީއާ އެކު އެ ރެކޯޑު ހިފަހައްޓަމުން އައީ އިނގިރޭސިވިލާތުގެ ޖޭމްސް ސްމިތު ކިޔާ މީހެކެވެ. އޭގެ ކުރިން، މަޝްހޫރު އެކްޓަރު ޑްވޭން "ދަ ރޮކް" ޖޯންސަން ވެސް ވަނީ އެ ރެކޯޑު ހޯދައިފަ އެވެ.

އަކްޝޭ މި ރެކޯޑު މުގުރާލައިފާ ވަނީ މުމްބާއީގައި ހުންނަ ސްޓޫޑިއޯއަކަށް އެއްވި 240 ފޭނުންނާ އެކު އެވެ.

އޭނާގެ އިންސްޓަގްރާމުގައި ޝެއާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ދެ ލައިނަކަށް އެތުރި ތިބި ފޭނުން ފަހަރަކު މީހަކު އަކްޝޭއާ އެކު ސެލްފީ ނެގުމަށް ފަހު އެނބުރި ދެ އެވެ.

ތިން މިނެޓުތެރޭ އަކްޝޭ 209 ސެލްފީ ނެގި ނަމަވެސް، ނުސާފު ވުން ފަދަ ކަންކަމާ ގުޅިގެން ބައެއް ފޮޓޯތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

އަކްޝޭ މި ރެކޯޑް ހާއްސަކުރީ އޭނާގެ ފޭނުންނަށެވެ. އޭނާ ވަނީ އެ ފިލްމު ޕްރޮމޯޓުކުރަން ތަފާތު އުކުޅުތައް ބޭނުންކޮށްފަ އެވެ. އެގޮތުން، ޓައިގާ ޝްރޮފް މެން ފަދަ ބޮލީވުޑްގެ މަގްބޫލު ފަންނާނުންނާ އެކު ނަށާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެ އެވެ.

މިދިޔަ މަހު 24 ގައި ޕްރިމިއާ ކުރި "ސެލްފީ" ފިލްމުގައި، ސުޕަސްޓާއެއްގެ ރޯލުން އަކްޝޭ ފެންނަ އިރު، އޭނަގެ "ސުޕަ ފޭން" އެއްގެ ރޯލުން އިމްރާން ހާށިމީ ފެނެ އެވެ.