ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި
ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އިސްކަންދަރު ސްކޫލުގެ ފެއާ މިއަދު ފަށައިފި އެވެ.

ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި
ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި

ކޮންމެ އަހަރަކު ބާއްވަމުން އައި އެ ފެއާ މެދުކެނޑުނީ ކޮވިޑްގެ ވަބާއާ ގުޅިގެންނެވެ. ފެއާ އެންމެ ފަހުން ބޭއްވީ 2019 އިގަ އެވެ.

ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި
ތިން އަހަރަށް ފަހު އިސްކަންދަރު ސްކޫލްގެ ފެއާ ފަށައިފި

އެ ސްކޫލްގެ ލީޑިން ޓީޗަރު އަހުމަދު ނާސިހް "މިހާރު" އަށް ވިދާޅުވީ އެއީ އަބަދުވެސް ބެލެނިވެރިން ވަރަށް ބޮޑަށް ތައްޔާރުވާ ފެއާއެއް ކަމަށެވެ. އެފަދަ ފެއާއެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ބެލެނިވެރިންނާއި ކުދިންނާއި ސްކޫލުގެ މެނޭޖުމަންޓާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަރުގެ ފެއާގައި 17 ސްޓޯލް ހުންނައިރު އޭގެ ތެރޭގައި ބިރުވެރި ހޮހަޅަ އާއި އެކި ކަހަލަ ގޭމްތައް ހިމެނޭ ސްޓޯލްތައް ހުރެ އެވެ.

"ސްޓޯލްތަކާއި އެ ތަނުން ފެންނަ ހުރިހާ ކަމަކީ ވެސް ހަމަ ބެލެނިވެރިންގެ މަސައްކަތް. ހަރަދުގެ ވެސް ބޮޑު ބައި ކޮށްފައި ހުންނަނީ ބެލެނިވެރިން. ސްޓޭޖްގައި ދަރިވަރުން ހުށަހަޅައިދޭ އައިޓަމްތަކަކީ ކޮންސެޓްގައި ދައްކައި ދީފައި ހުންނަ އައިޓަމްތައް،" ނާސިހް ވިދާޅުވި އެވެ.

"ރޭގަނޑު އޮންނާނެ ބޭންޑާއި ބޮޑުބެރާއި ނެށުން. އެއީ ވެސް ހަމަ ބެލެނިވެރިން ގެންނަ މީހުން. އެ އަށް ހަރަދެއް ކުރަން ޖެހުނަސް ކުރާނީ ބެލެނިވެރިން."

ފެއާގެ ދުވާލު ގަޑީގެ ޓިކެޓްގެ އަގަކީ 10ރ. އެވެ. ރޭގަނޑުގެ ޝޯތަކުގެ ޓިކެޓެއް ވިއްކަނީ 20ރ. އަށެވެ.

"ސްޓޯލްތައް ވެސް ހުންނާނީ ޓިކެޓް ނަގައިގެން ވަދެވޭ ގޮތަށް،" ނާސިހް ވިދާޅުވި އެވެ.

ފެއާ އިން ލިބޭ ފައިސާ ހަރަދު ކުރަން ނިންމާފައި ވަނީ ސްކޫލާއި ކުދިންގެ ކުރިއެރުމަށް ހިންގާ އެކި ކަންކަމަށެވެ.

މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް ކުރިއަށް ގެންދާ އެ ފެއާ އަށް ވަނުމަށް އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.