ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

މިދިޔަ ހޮނިހިރު ދުވަހު، ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބޭއްވި ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ފިރިހެން ބައިގެ އެއްވަނަ ހޯދި މުހައްމަދު ރިހާން ޝިހާމް ފަތަން ދަސްކުރީ މަޖުބޫރު ވެގެންނޭ ވެސް ބުނެވިދާނެ އެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

ކެޑޭޓަށް ވަނުމަށްޓަކައި ފުރިހަމަ ކުރުމަށް އޮތް އެއް ޝަރުތަކީ ފަތަން ދަންނަ ކުއްޖަކަށް ވުމެވެ. ކެޑޭޓަށް ވަނުމުގެ ޝައުގު އޭނާގެ ކިބައިގައި ހުރުމުން އޭނާ ވެއްދީ، ސްވިމިން އަށް ހާއްސަ ކްލަބް ލައިފް ގާޑް އެސޯސިއޭޝަނަށެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

"ކެޑޭޓަށް ވަންނަން ފަތަން ދަސްކުރަން ޖެހޭތީ ދިޔައީ. އޭރު ނުވިސްނަން ސްޕޯޓެއްގެ ގޮތުގައި ކުރިއަށްދާކަށް،" ގައުމީ ސްވިމިން ޓީމުގެ ފެތުންތެރިޔާ ބުންޏެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

ރިހާންގެ މަންމަ ރުމޭޝިއާ ބުނި ގޮތުގައި، ސްވިމިން ކްލަބަށް ދިޔަ މަގުސަދު ހާސިލުވުމުން ފެތުމުގެ ޓްރޭނިންތަކަށް ދިއުމުގެ ހިޔާލެއް ރިހާން ގެންގުޅުނެވެ. އެކަމަކު ލައިފްގާޑް ކްލަބްގެ ކޯޗުންގެ އެހީތެރި ކަމާއެކު އޭނާ އަށް އަންނަމުން ދިޔަ ކުރިއެރުން ފެނި ކުޅިވަރުގައި ކުރިއަށް ދިއުމުގެ ލޯބި ހިތަށް ވަދެއްޖެ އެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

ދެން ހޯދަން ފެށީ ވަނަތަކެވެ. އިންޓަ ސްކޫލް ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް އިސްކަންދަރް ސްކޫލަށް ހޯދައިދޭން ފެށި ވަނަތަކާ އެކު ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި ފެތުމުގެ ތެރޭގައި ރިހާންގެ ދިރިއުޅުން ބިނާ ކުރަން ފެށި އެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

"މުބާރާތްތައް ކައިރިވީމަ ރިހާންގެ ކެއުމަށް ބަދަލު ގެންނަން. ތެލުލި އެއްޗިސް އެ ދުވަސްވަރު ދުރުކުރަން،" ރުމޭޝިއާ ބުންޏެވެ.

ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް
ފަތާ ޓްރެކުން ޕޫލަށް، ދެން ދިގު ފެތުމުގައި އެންމެ ކުރިއަށް

އޭނާ ބުނި ގޮތުގައި ފެތުމުގެ ޓްރޭނިންތަކާ އެކު ރިހާންގެ ކިޔެވުމަށް ހެޔޮ ބަދަލެއް އައެވެ. ސްކޫލްގައި ވެސް އިތުރު ހަރަކާތްތަކުގައި ގިނައިން އުޅޭ ދަރިވަރަށް މި އަހަރަކީ މުހިންމު އަހަރެކެވެ. މެއި ޖޫން ގައި އޮންނަ ޖީސީއީ އޯލެވެލް އިމްތިހާންގައި އިށީންނަނީ ކިޔެވުމުގައި ވެސް ފުރިހަމަ ކާމިޔާބެއް ހޯދުމުގެ ބޮޑު އުންމީދާއެކު ކަމަށް ރިހާން ބުންޏެވެ.

މުހިންމު އަހަރުގައި ކިޔަވަމުން ސްކޫލްގައި ވަގުތު ހޭދަކުރަމުން އޯ ލެވެލް އިމްތިހާންގެ ތައްޔާރީތަކުގެ ތެރޭގައި ވެސް ކިޔެވުމާއި ފެތުމަށް އެއްވަރެއްގައި ދޭ އަހަމިއްޔަތުކަން ރުމެއިޝާ ފާހަގަ ކުރި އެވެ.

"ޓައިމް މެނޭޖްމެންޓް ކިޔެވުމަށް ދޭ ސަމާލުކަން ރަނގަޅުވި. ކުޅިވަރުގައި އެކްޓިވްކޮށް ވާދަކުރަން ފެށީމަ ވަރަށް ރަނގަޅު ކަންކަން ރިހާންގެ ކިބައި ފާހަގަވި،" އޭނާގެ ދޮށީ ދަރިފުޅާ ބެހޭ ގޮތުން ރުމެއިޝާ ބުންޏެވެ.

"މީގައި އިސްކަންދަރު ސްކޫލްގެ މެނޭޖްމެންޓުން ރިހާންގެ ސްވިމިން އެކްޓިވިޓީ އަށް ދޭ ސަމަލުކަން ވެސް އެއީ ވެސް ވަރަށް ބޮޑު ފެކްޓާއެއް. އަޅުގަނޑު ބޭނުން ފާހަގަކޮށްލަން ދެ ލީޑިން ޓީޗާގެ ނަން. މުޒާހް ސާ އަދި އާސިމާ މިސް.

މިހާރު ވެސް ރިހާން ހުރީ ތައިލެންޑްގައި ބާއްވާ މުބާރާތެއްގައި ކްލަބްގެ ފަރާތުން ވާދަކުރަން ގޮސް ބެންކޮކްގަ އެވެ. ރުމެއިޝާ ބުނީ ކިޔެވުމުގެ މުހިންމު އަހަރުގައި ވެސް ރިހާން އަށް އިންޓަނޭޝަނަލް ފުރުސަތުތަކުގެ ބޭނުން ހިފެނީ ސްކޫލްގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ސްކޫލް ދައުރަށް ފަހު އެކްޓިވްކޮށް ގައުމީ ފެންވަރުގެ ކުޅިވަރުގެ ހަރަކާތްތަކާ ދުރަށް ބައެއް ކުދިން ދެ އެވެ. ކުޅިވަރުގެ ދަނޑުތަކާއި ކޯޓްތަކުން އަދި ޓްރެކާއި ޕޫލްތަކުން ހުނަރުވެރި ކުދިންތަކެއް އަމިއްލަ އަށް ފުރުސަތު ދޫކޮށްލަނީ މަތީ ތައުލީމާއި ވަޒީފާ އަށް މުޅިން ހުސްވުމުގެ ގޮތުންނެވެ. ކުރިމަގުގައި ގަދަ ވަނަތަކެއް ގެންނާނެ ފެތުންތެރިޔަކަށް ވާނެ ކަމަށް އުންމީދު ކުރި ބައެއް ފެތުންތެރިން ވެސް ޕޫލާއި ދުރުގައި އެބަތިއްބެވެ. އަލުން ފަތާލަން ނާދެވޭހާ ދުރުގަ އެވެ.

އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިއުމުގެ ހިޔާލުގައި ހުރި ރިހާން ބުނީ ކުޅިވަރު ކެރިއާ ހުއްޓާލުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ.

"ކުރިއަށްދާނެ ވަކި ދާއިރާއެއް މުޅިން ފައިނަލެއް ނުކުރަން. އެކަމަކު ހަމަ ސްވިމިންގައި އެކްޓިވްކޮށް އުޅޭނަން،" މިވަގުތު ގައުމީ ރޭންކިންގެ އެއްވަނައިގައި ހުރި ރިހާން ބުންޏެވެ.

"އަޅުގަނޑުގެ އެބައޮތް ޓާގެޓްތަކެއް. މިހާރު އެންމެ ބޮޑު ފޯކަސް އަކީ އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ޖާގަ ހޯދުން."

އޭގެ ފަހުން ވެސް ސްވިމިން އެތުލީޓެއްގެ ގޮތުގައި ފެންނާނެ އެވެ. ގައުމީ ޓީމުގެ ޖާގަ އަށް ވެސް އަދި އިންޓަނޭޝަނަލް އެހެން މުބާރާތްތަކުގައި ވެސް ވާދަ ކުރަން ހުންނާނެ އެވެ. އޭނާ ހުރީ ފެތުމުން އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖެ އަށް މެޑަލް ހޯދައި ދިނުމުގެ އުންމީދުގަ އެވެ.