ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 1.1 ބިލިއަން ހޭދަކޮށްފި
ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 1.1 ބިލިއަން ހޭދަކޮށްފި

ސަރުކާރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ މިދިޔަ އަހަރަށް ވުރެ 150 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.5 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރީ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކަށް 322 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ބަޖެޓުގައި އެފަދަ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން ބަނދަރު ހެދުމާއި ދަތުރުފަތުރުގެ މަޝްރޫއުތަކަށް 242 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބަނދަރު ހެދުމާއި ދަތުރުފަތުރުގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުގައި ވަނީ 2.4 ބިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅައިފަ އެވެ.

ނަރުދަމާގެ މަޝްރޫއުތަކަށް 95 މިލިއަން ރުފިޔާ ހޭދަކުރި އިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 68 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ކަނޑައެޅުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށްޓަކައި ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ވަނީ ގެނެސްފަ އެވެ.

މިދިޔަ އަހަރު ވެސް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 8.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.