02 މާޗް 2023 - 11:23

ކޮމްޕިއުޓަރާއި ކޮމޕިއުޓަރު ހާޑްވެއާ ވިއްކާ ފިހާރަ، ގިޒްމޯ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ސޭލެއް ފަށައިފި އެވެ.
އެ ފިހާރަ އިން ބުނިގޮތުގައި ޕްރޮމޯޝަންގައި ވިއްކާ އެކި ބްރޭންޑްތަކުގެ ލެޕްޓޮޕާއި ކޮމޕިއުޓަރު ހާއްސަ އަގުތަކެއްގައި ލިބޭނެ އެވެ. ގިޒްމޯ އިން އޮތޮރައިޒްޑްކޮށް ވިއްކާ ޕެޓްރިއޮޓް، ހަވިޓް އަދި ރޭޒާ ބްރޭންޑުގެ އެކި ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.
މި މަހުގެ 23 ގައި ފަށާ މި އަހަރުގެ ރޯދަމަސް ނިމެންދެން އެ ޕްރޮމޯޝަން އޮންނާނެ އެވެ.
ގިޒްމޯ ފިހާރައިގައި ހަވިޓް ބްރޭންޑާއި ރޭޒާ ބްރޭންޑުގެ އެކި ވައްތަރުގެ ވަޔާޑް އަދި ވަޔަލެސް ކީބޯޑާއި މައުސް އާއި ހެޑްސެޓާއި އިތުރު ގިނަ ޕްރޮޑަކްޓުތަކެއް ހުރެ އެވެ. އަދި ޕޭޓްރިއޮޓް ބްރޭންޑުގެ ޕެންޑްރައިވާއި މެމޮރީ ކާޑާއި އެކި ބްރޭންޑްތަކުގެ ގެ އެސްއެސްޑީ އާއި ލެޕްޓޮޕާއި ޑެސްކްޓޮޕްގެ ރެމް ވެސް އެ ތަނުން ލިބޭނެ އެވެ.
ގިޒްމޯއިން ބުނި ގޮތުގައި، އެއީ ގިނަ ބްރޭންޑުތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ވުމުން، ޕްރޮމޯޝަން ދުވަސްވަރު ނޫނަސް ހެޔޮ އަގުގައި ކޮމްޕިއުޓަރު ހާޑްވެއާ އާއި ޕެންޑްރައިވާއި މެމޮރީ ކާޑާއި ސްޕީކަރު ފަދަ ޕްރޮޑަކްޓުތައް ލިބޭނެ އެވެ.
ގިޒްމޯއިން ބުނީ އެ ފިހާރަ އިން އެކި ކަންކަމާއި މަސައްކަތްތަކަށް ހާއްސަ، އެކި ކެޕޭސިޓީތަކުގެ ކޮމްޕިއުޓަރު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ވަރުގަދަ ސްޕެކްސްތައް ހިމެނޭ އަލްޓްރާ ގޭމިން ކޮމްޕިއުޓަރު ފާހަގަ ކޮށްލެވެ އެވެ. އެއީ ވީޑިއޯ އެޑިޓިން އާއި ގްރެފިކްސް ޑިޒައިނިން އަދި ރެންޑަރިން އަށް ވެސް ބޭނުން ކުރެވޭނެ ކޮމްޕިއުޓަރެވެ.
ގިޒްމޯ އިން 3،500ރ. އިން ފެށިގެން އެކި އަގުތަކުގައި ފެންވަރު ރަނގަޅު ލެޕްޓޮޕް ލިބެން ހުންނާނެ އެވެ. އެ ތަނުން ވިއްކާ ތަކެތި އަބަދަށްފެހި މަގުގައި ހުންނަ ގިޒްމޯގެ ޝޯ ރޫމުން ބަލައިލެވޭނެ އެވެ.