އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް

އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު މި ފަހަރުގެ ރޯދަމަހަށް ބޮޑުވިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް

އެ ކުންފުނިން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަމަހަށް ބޭނުންވާ ޒަރޫރީ ސާމާނު އެސްޓީއޯ އިން ލިބެން ހުންނާނެ ކަމަށެވެ. ފިޔާ، އަލުވި އަދި ބިހުގެ ތެރެއިން ބިސް ފިޔަވައި އަނެއް ދެ ބާވަތުގެ އަގު ވަނީ މިދިޔަ އަހަރަށް ވުރެ ވެސް ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.

އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް އެންމެ ބޮޑަށް ހެޔޮކުރީ ފިޔާގެ އަގެވެ. ފިޔާ ކިލޯއެއްގެ އަގަކީ 9ރ. އެވެ. މިއީ މިދިޔަ ތިން އަހަރު ވެސް ފިޔާގެ އަގު ބާޒާރުގައި ދަށަށް ނުދާ ވަރެކެވެ. ފިޔާ ކިލޯއެއްގެ އަގު މިދިޔަ ތިން އަހަރު އެވްރެޖުކޮށް ހުރީ 12ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.

- އަލުވި ކިލޯއެއް: 11ރ. އަށް

- ފިޔާ ކިލޯއެއް: 9ރ. އަށް

- ބިހެއް: 1.75ރ. އަށް

މިދިޔަ އަހަރު އަލުވި ކިލޯއެއް ވިއްކީ 13ރ. އަށެވެ. އެހެންވެ މި އަހަރު ވިއްކަނީ އެ އަށް ވުރެ ދެ ރުފިޔާ ކުޑަ ކޮށަވެ. މިދިޔަ އަހަރު ފިޔާ ކިލޯއެއް ވިއްކީ 14ރ. އަށެވެ. މި އަހަރު އެ ވިއްކަނީ 5ރ. ކުޑަ ކޮށެވެ.

ކޮންމެ އަހަރަކު ވެސް ފިޔާ، އަލުވި އަދި ބިހަކީ ކަސްޓަމަރުންގެ އެންމެ ބޮޑު ޑމާންޑް އުފުލޭ ތަކެއްޗެވެ. އެހެންވެ އޭގެ އަގު ބާޒާރުގައި އެއް ހަމައެއްގައި ހިފެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަމަހަށް ހާއްސަ ސްޓޮކް ގެނެސްގެން އެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރެ އެވެ. މި އަހަރު އަލުވި، ފިޔާ އަދި ބިހަށް ހާއްސަ ހަ ސްޓޮކް ގެނައުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ ތެރެއިން ފުރަތަމަ ސްޓޮކް ގެނެސްފައިވާ އިރު އެތަކެތި ބާޒާރުގައި މިހާރު ލިބެން ހުންނާނެ އެވެ. އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނެވެ. ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ އެވެ.

އިންޑަސްޓްރިއަލް ވިލެޖުން މުދާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ހިންގާ އެ ކުންފުނީގެ 11 ފިހާރައަކުން ވެސް ރޯދަމަސް ފެށުމުގެ ކުރިން ފިޔާ، އަލުވި އަދި ބިސް ލިބެން ހުންނާނެ އެވެ.