28 ފެބުރުއަރީ 2023 - 21:12

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިއާ އަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 37 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެ އަށް މުދާ އެތެރެކޮށް، އެ މުދަލުގެ އަގު އަދާކުރުމަށް ސައްހަ ނޫން ޓީޓީ ފޮނުވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފޭކް ޓީޓީ ފޮނުވައި އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް އެ އިން މަންފާ ހޯދާ ކަމަށް ފުލުހުން އެ މީހާގެ މައްޗަށް ތުހުމަތު ކުރެ އެވެ.
"އަދި މި މައްސަލައާ ގުޅިގެން، މާލޭގައި އެ މީހާ ދިރިއުޅެމުންދާ ތަން ބަލައި ފާސްކޮށްފައިވެ އެވެ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
އެ މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.