28 ފެބުރުއަރީ 2023 - 21:15

މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތަކުން މަހާނަ ގާ ތަކަށް ގެއްލުން ލިބޭތީ، އެ ގަސްތައް ހުޅުމާލެ 2 އަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖުން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ގަބުރުސްތާނުގެ މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބޭ ކަމަށެވެ.
އެހެންވެ، އެޗްޑީސީއާ ގުޅިގެން އެ ގަސްތައް ހިޔާ ޓަވަރު ކައިރީގައި ހަދާ ޕާކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ތަރިކަ ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އުފައްދާފައިވާ ސެންޓަރުން ބުނީ ހިޔާ ޕާކަށް ބަދަލުކުރަނީ އެ ގަސްތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބޭ ތިން ގަސް ކަމަށެވެ. އެ ތިން ގަހުގެ މޫތައް ހުރީ ވަރަށް ބޮޑަށް ހެދިފަ އެވެ.
އެ ތިން ގަހުގެ ތެރެއިން ދެ ގަހަކީ ދަރުގަސް ނަމަކަށް ކިޔާ ގަހެކެވެ.
މަހާނަ ގާ ތަކަށް ގެއްލުން ލިބޭތީ މީގެ ކުރިން ދެ ގަހެއް ސެންޓްރަލް ޕާކަށް ބަދަލުކޮށްފައި ވެ އެވެ.