ހަފުތާއަކު 10 ފަހަރު ޖިމަށް ދާ 94 އަަހަރުގެ މާމައެއް
ހަފުތާއަކު 10 ފަހަރު ޖިމަށް ދާ 94 އަަހަރުގެ މާމައެއް

އާ އަހަރުގެ އަޒުމެއްގެ ގޮތުގައި އެންމެ ގިނަ ބަޔަކު ކަނޑައަޅަނީ ގަވައިދުން ކަސްރަތުކޮށް ފިޓްކޮށް ހުރުމަށް ކޮންމެވެސް ކަމެއް ކުރުން ކަމަށް ވެދާނެ އެވެ. ނަމަވެސް ވަރަށް ހިތްވަރު ލާފައި ފަށާ މަސައްކަތް ގިނަ ބަޔަކަށް މާ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަކަށް ނުގެންދެވެ އެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެކަން އޮންނަނީ ދާދި އަވަހަށް ހުއްޓިފަ އެވެ.

ހަފުތާއަކު 10 ފަހަރު ޖިމަށް ދާ 94 އަަހަރުގެ މާމައެއް
ހަފުތާއަކު 10 ފަހަރު ޖިމަށް ދާ 94 އަަހަރުގެ މާމައެއް

ނަމަވެސް 94 އަހަރު ވެފައިވާ އޮސްޓްރޭލިއާގެ މި މާމަގެ ހިތްވަރާއި ކުޅަދާނަކަން ފެނިފައި ޒުވާން ކުދިން ވެސް ލަދުގަންނަހާވެ އެވެ. މިހާރުވެސް މި މާމަ ހަފުތާއަކު 10 ފަހަރު ޖިމަށް ގޮސް ކަސްރަތު ކުރެ އެވެ.

އެޑްނާ ޝެޕާޑް ނަމަކަށް ކިޔާ މި މާމަ އަކީ ޒުވާނުންނަށް ވުރެ މާ ބޮޑަށް ފިޓްކޮށް ހުންނަން ބޭނުންވެގެން އެކަމަށް ގަދައަޅާ މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް ބުރާސްފަތި ދުވަހަކީ އޭނާ ޗުއްޓީ ނަގާ ދުވަހެކެވެ. އެ ދުވަހު އޮންނަނީ ވަރަށް ވަރުގަދަޔަށް ޒުމްބާ ޖެއްސުމެވެ.

މި މާމަ ޖިމަށް ދަނީ ހަމައެކަނި ގޭގައި ކަމެއް ނެތި އިންނަން ބޭނުން ނުވާތީއެއް ނޫނެވެ. ޖިމުން އާ މީހުންނާ ބައްދަލުވެ އެ މީހުންނާ ވާހަކަ ދައްކައި ގުޅުން ބަދަހިކުރާނެ ފުރުސަތު ވެސް ލިބޭތީ އެވެ.

މާމަގެ ހިތްވަރަށް އެންމެން ވެސް ސާބަސް ދެ އެވެ. މާމަ ބުނަނީ އުމުރުން 94 ވިޔަސް އޭނާގެ ހަރަކާތްތެރި ދިރިއުޅުން އެއްވެސް ވަރަކަށް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.