އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!
އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!

ގޭންގު ކުށްތައް ގިނަވެ ނުރައްކާ ބޮޑުވުމުން އެލް ސަލްވަޑޯ އިން ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ގޭންގު މެންބަރުންނަށް ހާއްސަކޮށް، ހަރުކަށިކަމާ އެކު އަމަލު ކުރުމަށް ބޮޑު ޖަލެއް ހަދައިފި އެވެ.

އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!
އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 6.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ ކޮންމެ 100،000 މީހަކަށް، 103 މީހުން ގޭންގުތަކުން ވަނީ މަރާލައިފަ އެވެ.

އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!
އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!

މިދިޔަ އަހަރުގެ މާޗު މަހު، އެއް ދުވަހެއްގައި 62 މީހުން މަރާލުމާ އެކު އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ސަރުކާރުން ވަނީ ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފަ އެވެ.

އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!
އެލް ސަލްވަޑޯގައި ގޭންގުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި އެންމެން ބޮޑު ޖަލަކަށް!

އެލް ސަލްވަޑޯގެ ރައީސް ނަޔީބް ބުކޭލޭގެ އެދިވަޑައިގަތުމަކަށް، އެ ގައުމުގެ ކޮންގެރެސް އިން ފާސްކުރި ކުއްލި ހާލަތާ އެކު އަސާސީ ހައްގުތަކާ ގުޅުން ހުރި ބައެއް ގާނޫނުތައް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ގޭންގުތަކާ ކިރިޔާ ވެސް ގުޅުމެއް އޮންނަ ކަމަށް ޝައްކުކުރެވޭ ކޮންމެ މީހަކު ވެސް ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރަމުން އަންނައިރު، މިހާތަނަށް ވަނީ 64،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އެ މީހުންނަށް ގާނޫނީ ވަކީލެއްގެ ބޭނުމެއް ވެސް ނުކުރެ އެވެ.

ގައިދީންގެ އަދަދު ގިނަވެ، މިހާރު އެގައުމުގެ ސަރުކާރުން އަންނަނީ ހައްޔަރުކުރި ގޭންގް މެންބަރުންގެ 40،000 މީހުން ގެންގުޅެވޭ ވަރުގެ ބޮޑެ، ސެކިއުރިޓީ ވަރުގަދަ ޖަލަކަށް އެ އެންމެން ބަދަލުކުރަމުންނެވެ. މިހާތަނަށް 2000 އަށް ވުރެ ގިނަ ގައިދީން ވަނީ އެ ޖަލަށް ގެންގޮސްފަ އެވެ.

"މިއީ އެ މީހުންގެ އާ ގެޔަކީ. މިތާ ތިބެގެން ދެން އެހެން މީހަކަށް އަނިޔާއެއް ނުކުރެވޭނެ،" އެ ޖަލުގެ ވާހަކަ ފާހަގަކޮށް ބުކޭލޭ ކުރި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ޕޯސްޓު ކުރެއްވި ވީޑިއޯއެއްގައި، އެ ޖަލަށް ގެންދިޔަ ގައިދީން ހުދު ކުލައިގެ ސޯޓު ލައްވައިގެން، ބޯ ވެސް ބާލައިފައި ތިބިތަން ފެނެ އެވެ.

އޭގެ އިތުރުން، ގޭންގުތައް ހުއްޓުވުމަށް ފެށި މި މަސައްކަތުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ މީހުން ބުނާ ގޮތުން، ގޭންގުތަކާ ގުޅުން ނެތް، ރަނގަޅު މީހުން ވެސް އެ ސިޔާސަތުތަކުގެ ދަށުން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.

ބުކޭލޭ ވެރިކާމާ ހަވާލުވި ފަހުން އެ ގައުމުގެ ކުށުގެ ރޭޓު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭނާގެ "އެންޓި-ގޭންގް" ސިޔާސަތުގެ ދަށުން ކުރާ ހަނގުރާމައަށް އެ ގައުމުގެ ގިނަބަޔަކު ތާއީދުކުރެ އެވެ.

އެލް ސަލްވަޑޯގެ ސެކިއުރިޓީ މިނިސްޓަރާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރި ގޮތުގައި، އެ ގައުމުގެ ހުރިޙާ ކުށްވެރިންނެއް ހައްޔަރުކުރެވެންދެން އެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.