މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

އެއާޕޯޓެއް ނޯންނަ ގައުމެއްގެ ވާހަކަ ބުނެފި ނަމަ ގިނަބަޔަކަށް އެކަން ގަބޫލުކުރަން އުނދަގޫވެދާނެ އެވެ. އެކަމަކު، އެންމެ އެއާޕޯޓެއް ވެސް ނެތް ގައުމުތައް އެބަހުއްޓެވެ.

މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

އޭގެ ތެރެއިން ބައެއް ގައުމުތަކުން އެއާޕޯޓަކީ އަބަދު މުހިންމު އެއްޗެއް ނޫންކަން ކަމާއި ކައިރި ގައުމުތަކާ ގުޅިގެން ކަންކަން ހިއްސާކުރުމުގެ މުހިންމުކަން ދައްކައިދެ އެވެ، އަނެއްބައި ގައުމުތަކަކީ އެއާޕޯޓު އެޅޭ ވަރަށް ވުރެ ވެސް ކުޑަ ގައުމުތަކެކެވެ. މިއީ، ދުނިޔޭގައި އެއާޕޯޓު ނެތް ގައުމުތަކެވެ.

މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

އިޓަލީގެ ރޯމްގައި އޮންނަ ވެޓިކަން ސިޓީއަކީ މިނިވަން ދައުލަތެއް އޮންނަ އެންމެ ކުޑަ ގައުމެވެ. އެ ގައުމުގައި ދިރިއުޅެނީ ގާތްގަނޑަަކަށް 800 މީހުންނެވެ. އެ ގައުމުގައި އެއާޕޯޓު އަޅާނެ ޖާގައެއް ނެތްއިރު، އެހެން ކަހަލަ އެއާކްރާފްޓެއް ޖެއްސޭނެ ފަދަ މޫދެއް ނުވަތަ ކޯރެއް ވެސް ނޯވެ އެވެ. އެކަމަކު، އެ ގައުމުން ދަތުރުކުރަން ބޭނުންކުރާ އިޓަލީގެ އެއާޕޯޓުތަކަށް، 30 މިނެޓުގެ ރޭލު ދަތުރެއްގައި ދެވެ އެވެ. މި ގައުމަކީ، ސިޓީއެއްގެ ތެރޭގައި އޮންނަ ހަމައެކަނި ގައުމެވެ. ވެޓިކަން ސިޓީ އޮންނަނީ، އިޓަލީގެ ރޯމްގެ އެތެރޭގަ އެވެ.

މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

މޮނާކޯ އަކީ ޔޫރަޕްގައި އޮންނަ، ދުނިޔޭގެ ދެވަނަ އަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމަކީ، ފްރާންސާ ގުޅިފައި އޮންނަ ގައުމެކެވެ. މޮނާކޯ ބަލައިލަން ދާން ބޭނުންވާ މީހުންނަށް އެ ގައުމަށް ދެވޭނީ ފްރާންސްގެ ނައިސް ކޯޓް ޑާ ޒްޔޫރް އެއާޕޯޓަށް ޖައްސައި، ޓެކްސީއެއް ނުވަތަ ބޯޓެއް މެދުވެރިކޮށެވެ.

މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

ވެޓިކަން ސިޓީއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ މި ގައުމަކީ މިހާތަނަށް ފެނުނު އެންމެ ދުވަސްވީ އެއް ސްޓޭޓެވެ. އެ ގައުމަކީ ވެސް އިޓަލީގެ އެތެރޭގައި އޮނަން މިނިވަން ދައުލަތެކެވެ. އެ ގައުމުގައި ކަނޑެއް ވެސް އެއާޕޯޓު އަޅާނެ ޖާގައެއް ވެސް ނެތެވެ.

މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ
މި ގައުމުތަކުގައި އެންމެ އެއާޕޯޓެއް ވެސް ނޯވޭ

އެކަމަކު، އެއީ ގިނަ މަގުތަކެއް ހުރި ގައުމަކަށް ވުމުން، ކޮންމެ ދިމާއަކުން ވެސް އިޓަލީއަށް ފަސޭހައިން އެރޭނެ އެވެ. އެ ގައުމާ އެންމެ ކައިރިން އޮންނަ އެއާޕޯޓަކީ އިޓަލީގެ ރިމިނީގައި އޮންނަ އެއާޕޯޓެވެ. އޭގެ އިތުރުން، ވެނިސް، ފްލޮރެންސް އަދި ޕިސާ ފަދަ ސިޓީތަކުގެ އެއާޕޯޓުތަކަކީ ވެސް ސެން މަރީނޯގެ އާންމުންނާއި އެ ގައުމަށް ދާ ޓޫރިސްޓުން ބޭނުންކޮށް އުޅޭ އެއާޕޯޓުތަކެކެވެ.

މިއީ ޔޫރަޕްގެ އޮސްޓްރިއާ އަދި ސްވިޓްޒަލޭންޑުގެ ދެމެދުގައި އޮންނަ، ޖަރުމަނު ބަހުން ވާހަކަ ދައްކާ މީހުން އުޅޭ، ގާތްގަނޑަކަށް 75 ކިލޯމީޓަރުގެ ކުޑަ ގައުމެކެވެ. ޖާގަ ކުޑަވެ އެއާޕޯޓެއް ނާޅަ އެވެ. އެ ގައުމުގައި އަޅަން ބޭނުންވިޔަސް، ފަރުބަދަތައް ގިނަވެ ބިންގަނޑު އެއްވަރު ނުވުމުން، އެއާޕޯޓު އަޅާން އުނދަގޫވާނެ އެވެ. އެ ގައުމުގެ މީހުން ވައިގެމަގުން ދަތުރުކުރަން، ކާރު ނުވަތަ ބަހުގައި 120 ކިލޯމީޓަރު ދުއްވުމަށް ފަހު ދަނީ ސްވިޒަލޭންޑުގެ ޒުރިކް އެއާޕޯޓަށެވެ.

އެންޑޯރާ އަކީ ކުރީ ލިސްޓުކުރި ގައުމުތަކާ އަޅާބަލާއިރު ބޮޑު ގައުމެކެވެ. މި ގައުމުގައި ވަރަށް ގިނަ އެއާޕޯޓު އެޅޭނެ ޖާގަ އެބައޮތެވެ. އެކަމަކު، މައްސަލަ އަކީ، ފަރުބަދަތަކެވެ. ފްރާންސާއި ސްޕެއިނާ ދެމެދު އޮންނަ އެ ގައުމުގެ ވަށައިގެން ބޮޑެތި ފަރުބަދަތައް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ފަރުބަދަތައް 3،000 މީޓަރު އުހެވެ. އެހެންވެ، ވައިގެ މަގުން ދަތުރުކުރުން ނުރައްކަލަކަށް ވުމުން އެ ގައުމުން އެއާޕޯޓު ނާޅަން ނިންމީ އެވެ.

އެންޑޯރާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް، ސްޕެއިންގެ ބާސެލޯނާ، ލެރިޑާ ނުވަތަ ގިރޯނާ ފަަދަ ސިޓީތަކަށް ފްލައިޓުގައި ގޮސް، އެއްގަމު މަގުން އެ ގައުމަށް ދެވޭނެ އެވެ.