ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި، މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި
ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި، މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

މާލޭގެ ފިހާރައެއްގެ ތެރޭގައި މިރޭ ހިނގި މާރާމާރިއެއްގައި ފިރިހެނެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާފަންނު ފިހާރައަކަށް ވަދެ، މީހަކަށް ތޫނު އެެއްޗަކުން ހަމަލާދީފައި ވާތީ، ކްރައިމް ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަނިޔާވި ފިރިހެން މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއަކުން ފެންނަ ގޮތުގައި ޒަހަމްކޮށްލި މީހާ ފިހާރައިގެ ތަޅުންގަނޑުމަތީ ބާއްވައިގެން، އެތާ ތިބި ބަޔަކު ފުރަތަމަ އެހީދެ އެވެ.