24 ފެބުރުއަރީ 2023 - 08:35

ކޮންސްޓްރަކްޝަން ކެމިކަލްސް ވިއްކާ ފިހާރަ އައިވްސްގެ ރޯދަ ސޭލް ފަށައިފި އެވެ.
އެ ސޭލުގައި އެ ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ޑިސްކައުންޓް ލިބޭނީ ކޭޝްކޮށް ފައިސާ ދައްކާ ކަސްޓަމަރުންނާއި ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ.
އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ ބޮޑު އިނާމަކީ ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓާއި، ފަސް ދުވަހުގެ ހުރުމާއި ހުންނަ ތަނުން ދެ މީހުންގެ ބްރެކްފަސްޓެވެ.
ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު އިނާމެއް ދިނުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. "ވީކްލީ ވިނާސް" އައިވްސްގެ ހަތަރު ފިހާރައިން ވެސް ކޮންމެ ހަފްތާއަކު ވެސް ހޮވާނެ އެވެ. ހަފްތާގެ އިނާމުގެ ގޮތުގައި ހުށަހަޅާފައި ވަނީ 500ރ. ގިފްޓް ވައުޗަރެކެވެ.
ވީކްލީ އިނާމުގެ ކޫޕަން ހޯދުމަށް 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ އެވެ.
އައިވްސްއިން ވަނީ ރޯދަ ސޭލާ ދިމާކޮށް ކޭސީސީ ޕެއިންޓުގެ ސްޓޮކް ވެސް އާ ކޮށްފަ އެވެ.
"ކަސްޓަމަރުންނަށް ކުލަ ގަތުމުގައި ގިނަ އޮޕްޝަންތަކެއް ދިނުމަށް އަޅުގަނޑުމެން ވާނީ ސްޓޮކް އާ ކޮށްފައި. އަޅުގަނޑުމެން އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ވިއްކާ ކޭސީސީ އަކީ ކޮރެއާގެ ނަމްބާ ވަން ޕެއިންޓު. ގޭގެ އެތެރޭގަ އާއި ބޭރުގައި ލެވޭ ޕެއިންޓް ވެސް މި ތަނުން ލިބޭނެ. އަދި ސީލަރާއި، ޕްރައިމާ ވެސް ލިބޭނެ." ފިހާރައިގެ އޮފިޝަލަކު ވިިދާޅުވި އެވެ.
އައިވްސް ފިހާރައިން ކޭސީސީ ޕެއިންޓު ރާއްޖެއަށް ނެރުނީ ފަސް އަހަރު ކުރިންނެވެ. އެ ޕެއިންޓަށް ގިނަ ކަސްޓަމަރުންތަކެއްގެ ސަޕޯޓު ލިބިފައިވާ ކަމަށް އައިވްސް އިން ބުނެ އެވެ.