ޕްލާސްޓިކް ކޮތަޅުގެ ފީ އާއި ޖީއެސްޓީ އެއްކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި
ޕްލާސްޓިކް ކޮތަޅުގެ ފީ އާއި ޖީއެސްޓީ އެއްކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި

ޖީއެސްޓީ ބަޔާން ހުށަހަޅާ އިރު، އަލަށް ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ބަޔާން ވެސް ވިޔަފާރިތަކުން ހުށަހަޅަން ޖެހޭ ގޮތަށް މީރާއިން ނިންމައިފި އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ އާއި ޖީއެސްޓީ އެއްކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި
ޕްލާސްޓިކް ކޮތަޅުގެ ފީ އާއި ޖީއެސްޓީ އެއްކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި

މީރާއިން އާންމު ކުރި "ޖީއެސްޓީ އަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ގައިވާ ގޮތުން އެ އިދާރާގައި ޖީއެސްޓީ ދެއްކުމަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ހުށަހަޅަން ޖެހޭނީ، ޖީއެސްޓީ ދައްކަން ކަނޑައަޅާ ތާރީހުތަކުގައި ކަމަށެވެ.

މީރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން މަހެއްގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނަމަ ކޮންމެ މަހަކު ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ. މަހެއްގެ މައްޗަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ ދަށް ނަމަ ޖީއެސްޓީ ހުށަހަޅަން ޖެހެނީ ކޮންމެ ކުއާޓަރަކު އެވެ.

އެ އުސޫލުގެ ދަށުން ޖީއެސްޓީ ދައްކާ އިރު ޕްލާސްޓިކް ކޮތަޅުގެ ފީ ވެސް ނަގަން ޖެހޭނެ އެވެ.

ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ އޭޕްރީލް މަހުން ފެށިގެންނެވެ.

މީރާ އިން ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ދެއްކުމުގައި ހުށަހަޅާ ލިޔެކިޔުންތަކުގައި ހުންނަން ޖެހޭނެ ކަންކަން ވެސް އެ ގަވައިދުގައި ބަޔާންކޮށްފަ އެވެ. އެގޮތުން ގަންނަ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލާއި ހިލޭ ލިބޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލާއި ވިއްކާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލާއި ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލުގެ އިތުރުން ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފްސީލު ވެސް ހުށަހަޅަން ޖެހޭނެ އެވެ.

މީރާއިން ބުނީ އެއްސް ސަބަބަކާ ހުރެ ކަސްޓަމަރު އަނބުރާ ރައްދު ކުރި ނަމަވެސް އެ ކޮތަޅުން ވެސް ފީ ދައްކަން ޖެހޭނެ ކަމަށެވެ.