"ލަވް އައިލެންޑް" ގެ ސީޒަން 8 ކާމިޔާބުކުރި ދާވިދެ އާއި އެކިން-ސޫ ރާއްޖޭގައި
"ލަވް އައިލެންޑް" ގެ ސީޒަން 8 ކާމިޔާބުކުރި ދާވިދެ އާއި އެކިން-ސޫ ރާއްޖޭގައި

މަޝްހޫރު ބްރިޓިޝް ޑޭޓިން ރިއަލިޓީ ޝޯ "ލަވް އައިލެންޑް" ގެ އަށް ވަނަ ސީޒަން ކާމިޔާބު ކުރި ދާވިދޭ ސާންކްލިމެންތީ އާއި އެކިން-ސޫ ޖުލްޖުލާލޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.

އިޓަލީގެ ދާވިދޭ އާއި އިނގިރޭސިވިލާތުގެ އެކިން-ސޫ ދިމާވީ މިދިޔަ އަހަރު އޮތް ލަވް އައިލެންޑް ސީޒަންގަ އެވެ. އެ ދެމީހުން އެ ޝޯ ކާމިޔާބު ކުރީ 36 ބައިވެރިންނާ ވާދަކޮށެވެ. ޝޯގެ އެންމެ މަގްބޫލު "ކަޕުލް" ހޮވާނީ ބެލުންތެރިންގެ ވޯޓަކުންނެވެ.

ދާވިދޭ އާއި އެކިން-ސޫ ޗުއްޓީއަށް ރާއްޖެ އައިސް ތިބީ މާލެ އަތޮޅުގެ އުތުރުގައި އޮންނަ ކަގި މޯލްޑިވްސް ސްޕާ އައިލެންޑް ރިސޯޓުގަ އެވެ.

އެ ދެމީހުން އެ ރިސޯޓުގައި ހޭދަކުރާ ވަގުތުތަކުގެ މަންޒަރުތައް، ސޯޝަލް މީޑިއާގައި އަންނަނީ ޝެއާކުރަމުންނެވެ.

ދާވިދޭ ރާއްޖެ އައިސް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ، އައިތާ 24 ގަޑިއިރު ތެރޭ ރާއްޖެއަށް ހިތްޖެހި، އެނބުރި ދާހިތް ވެސް ނުވާ ކަމަށް ބުނެފަ އެވެ.

އިންސްޓަ ގްރާމުގެ ޕޯސްޓުތަކަށް ބަލާއިރު، އެ މީހުން ރާއްޖޭގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ހަފްތާއެއް ވެދާނެ އެވެ.