ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ
ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފަށާނެ އެވެ،

ދިރާގަކީ އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރެވެ. އަދި ދިރާގަކީ އެ މުބާރާތް އިންތިޒާމުކުރާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރެވެ.

މިއީ ހަ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ އެވެ.

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

ދިރާގާއި އެތުލެޓިކްސް އެސޯސިއޭޝަނާ ދެމެދު ވެފައިވާ ޕާޓްނާޝިޕުގެ ދަށުން އެ ސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އެތުލީޓުންގެ އާ ޖީލެއް އުފެއްދުމަށް ދިރާގުން އަންނަނީ އެހީތެރިވަމުންނެވެ.