ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!
ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!

ސައުދީ އަރަބިއްޔާގެ ސަރުކާރުން، އެ ގައުމުގައި އުމްރާނީ ތަރައްގީއަށް ކުރާ މަސައްކަތުގެ ދަށުން، އަނެއްކާވެސް ތަފާތު ޕްރޮޖެކްޓެއް އިއުލާނުކޮށްފި އެވެ.

ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!
ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!

މިފަހަރު އިއުލާނު ކުރީ، ސައުދީގެ ވެރިކަންކުރާ ރަށް ރިޔާޟްގައި އަޅާ ޒަމާނީ ޑައުންޓައުން ޕްރޮޖެކްޓެވެ.

ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!
ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!

"ނިއު މުރައްބާ" ނުވަތަ "އާ މައިދާން" ގެ ނަން ދީފައިވާ އެ ޕްރޮޖެކްޓުގެ ދަށުން ރިޔާޟްގެ ޑައުންޓައުން ސަރަހައްދު 19 އަކަ ކިލޯމީޓަރު ބޮޑުކޮށް، އެތައްހާސް ބަޔަކަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިދެ އެވެ. ސައުދީ ސަރުކާރުން ބުނާ ގޮތުގައި، މިއީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް ތަރައްގީކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީގައި ހަދާ ޑައުންޓައުނެވެ.

ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!
ސައޫދީގައި އާދަޔާ ހިލާފް ޕްރޮޖެކްޓެއް!

އެ ޕްރޮޖެކްޓުގައި ފާހަގަކޮށްލެވޭ އެންމެ ހާއްސަ ކަމަކީ، އެ ސަރަހައްދުގެ މެދުގައި ހަދާ، "މުކާބް" އިމާރާތެވެ.

ޕްރޮޖެކްޓު ނިމުމުން ހުންނާނެ ގޮތުގެ ވީޑިއޯ ދައްކާލައިފާ ވާއިރު، އޭގައި ފެންނަ ގޮތުން، "މުކާބް" އިމާރާތަކީ، އެމެރިކާގެ ނިއުޔޯކްގައި ހުންނަ 1،250 ފޫޓު ދިގު އެމްޕަޔާ ސްޓޭޓް ބިލްޑިންގުގެ 20 އިމާރާތް އޭގެ ތެރެއަށް ލެވޭ ވަރުގެ ބޮޑު ތަނެކެވެ. އެ އިމާރާތް ތަރައްގީކުރަނީ އުސްމިނާއި، ފުޅާމިނާއި އަދި ދިގު މިނުގައި 1،312 ފޫޓު ހުންނަ "ކިއުބް" ނުވަތަ ހަތަރެސްކަން ގޮޅިއެއް ގޮތަށެވެ.

ބައެއް މީހުން، އެ އިމާރާތް، ކައުބަތުﷲ ގެފުޅާ ސިފަ އެއްގޮތް ކަމަށް ބުނެ ފާޑު ވެސް ދަނީ ކިޔަމުންނެވެ.

"ހޮލޮގްރަފިކް ޓެކްނޮލޮޖީ" ބޭނުންކޮށްގެން އުފައްދާފައިވާ އެ އިމާރާތަކީ، ވަޗުއަލް ރިއަލިޓީ (ވީއާރް)ގެ އެހީއާ އެކު، އެތެރެ އާއި ބޭރުގެ މަންޒަރުތައް، އެކި ކަހަލަ ގޮތްގޮތަށް ބަދަލުކޮށްލެވޭ ފަދަ އިމާރާތެކެވެ. އެތަނުގައި، ރިކްރިއޭޝަނަލް ވަސީލަތްތަކާ އެކު ފިހާރަތަކާއި، ހޮޓެލްތަކާއި އެހެނިހެން ރެޒިޑެންޝަލް ޔުނިޓްތައް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"ނިއު މުރައްބާ" ޕްރޮޖެކްޓު ކުރިއަށް ގެންދާ ކުންފުނިން ބުނި ގޮތުގައި، އެ ސަރަހައްދުގެ ބޭނުމަކީ ވީއާރް އަދި ހޮލޮގްރަފިކްސް ޓެކްނޮލޮޖީގެ ތަފާތު ތަޖުރިބާ ކޮށްލަން ޒިޔާރަތް ކުރާ ފުރަތަމަ މަންޒިލަކަށް ސައުދީ ހެދުމެވެ.

"މިއު މުރައްބާ" ގައި މީހުން ދިިރިއުޅެން 104،000 ރެޒިޑެންޝަލް ޔުނިޓާއި، 9000 ހޮޓެލް ރޫމް އަޅާގޮތަށް ހަމަޖެހިފައިވާއިރު، ޓޫރިސްޓުންނަށް ސައުދީގެ ސަގާފަތް ތަޖުރިބާކޮށްލަން ލިބޭ ގޮތަށް، މުނިފޫހިފިލުވުމާއި ސަގާފީ 80 އަށް ވުރެ ގިނަ ތަން ހަދަން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، 25 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ފްލޯ އޭރިއާއެއް އޮންނަ އެ ސަރަހައްދުގައި މިއުޒިއަމަކާއި، ޑިޒައިން އެންޑް ޓެކްނޮލޮޖީ ޔުނިވަސިޓީއަކާއި، ވިޔަފާރި ކުރުމަށް ހާއްސަކޮށް ފިހާރަތަކެއް ގާއިމް ކުރާނެ އެވެ.

ސައުދީ ސަރުކާރުގެ އަމާޒަކީ، މި މަސައްކަތް 2030 ވަނަ އަހަރާ ހަމައަށް ނިންމާލުމެވެ. އަދި މި ސަރަހައްދު ތަރައްގީކޮށް ނިމުމުން 300،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެ އެވެ.

މި ޕްރޮޖެކްޓް ސައުދީން އިއުލާންކޮށްފައި ވަނީ، ގިނަ ބައެއްގެ ސަމާލުކަން ހޯދި "ދަ ލައިން" މަޝްރޫއު އިއުލާނުކުރިތާ އަހަރެއްގެ ތެރޭގަ އެވެ. އެ މަޝްރޫއަކީ ނުވަ މިލިއަން މީހުންގެ ޒަމާނީ ސިޓީއެއް، ރޮނގެއް ގޮތަށް، އުސްކޮށް ތަރައްގީ ކުރާ މަޝްރޫއެކެވެ. އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަ ދެ އެވެ.