މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ އިން
މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ އިން

އަންނަ މަހު ބާއްވާ މިއުޒިކަލް އައިޑޮލްގެ ޓިކެޓު އުރީދޫގެ "މޫލީ" ޕްލެޓްފޯމު މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ އިން
މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ އިން

އެ ކުންފުނިން ބުނި ގޮތުގައި މޫލީ އިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ އެވެ.

މިއުޒިކަލް އައިޑޮލް އަކީ އިންޑިއާގެ ލަވަކިޔުންްތެރިންނާއި ދިވެހި ލަވަކިޔުންތެރިން ބައިވެރިވާ ޝޯއެކެވެ. އެ ޝޯގައި އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އިބްރާހިމާއި ރާފިއަތު ރަމީޒާގެ ހުށަހެޅުންތައް ވެސް ފެންނާނެ އެވެ.

- ރެގިއުލާ ކްލާސް 80ރ.

- ފަސްޓް ކްލާސް 150ރ.

- ސިލްވާ ކްލާސް 500ރ.

ޝޯ އޮންނާނީ މާޗު ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.