ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ
ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ
ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންގެ ވޯޓުގެ ސިއްރު ނުހިފެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކާ އެކު ވޯޓުލުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ
ލޯފަން މީހުން އަމިއްލައަށް ވޯޓު ލާނެ ގޮތެއް ނިންމަނީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "މިހާރު" ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި، ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާ ނުލައި ވޯޓު ލެވޭނެ ގޮތެއް ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

އެކަމަށް ހައްލެއް ގެނައުމަށް ބްލައިންޑް އެސޯސިއޭޝަނާ އެކު އޮންލައިންކޮށް ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުންތަކުން އެ އެސޯސިއޭޝަންގެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމާ މަޝްވަރާކުރި ކަމަށް ހަބީބް ވިދާޅުވި އެވެ.

"އެ މީޓިންތަކުގެ އަލީގައި އަޅުގަނޑުމެން ކޮމިޝަނުން މަސައްކަތް ކުރަމުން މި އަންނަނީ ރިޔާސީ އިންތިހާބުގެ ކުރިން، އެ ބޭފުޅުނަށް އަމިއްލައަށް ވޯޓު ލެވޭނެ ގޮތް ހެދުމަށް. ފާހަގަ ޖެހުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށް،" އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އީސީ އާއި ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން، ބޭރުގެ ފަރާތްތަކެއްގެ އެހީއާ އެކު ވޯޓުލާން ބޭނުން މީހުންނަށް ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމަތްކެއް. އޭގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަޑުއެހުމުން މަހުރޫމް ވެފައި ނޫނީ ފެނުމުން މަހުރޫމް ވެފައި ތިބި މީހުންނަށް އޯޑިއޯ އަދި ވީޑިއޯ ބޭނުންކޮށްގެން ބުނެދިނުން،"

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބަށް ބަޖެޓު ހަދާފައި ވަަނީ ވޯޓު ކަރުދާހުގައި ބްރެއިލް ހިމަނަން ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާސް ފަރުމާ ކުރުމަށް ބޭނުންވާ ބަޖެޓު ނުލިބުމުން އެކަން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓު ނުލިބުނީމާ ވޯޓު ކަރުދާހަކަށް އަޅުގަނޑުމެންނަކަށް ބަދަލެއް ނުގެނެވުނު. ވޯޓު ކަރުދާހާ އެއްވަރުގެ ޓެމްޕްލެޓެއް ހަދައިފައި، އެ ޓެމްޕްލެޓްގައި އެ ބޭފުޅުންނަށް ފަސޭހައިން ކެންޑިޑޭޓް ނަމްބަރާއި ފާހަގަ ޖަހަން ޖެހޭ ގޮޅި އެނގޭ ގޮތަށް އަޅުގަނޑުމެން ޓެމްޕްލެޓެއް ހަދައިގެން އުޅެނިކޮށް އެސޯސިއޭޝަނުން ވެސް ޓެމްޕްލެޓެއް ހަދައިގެން ވަޑައިގަތީ،" ހަބީބް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން ނިންމާފައި އޮތީ އެ ޓެމްޕްލެޓްގައި ގޮޅިއެއް ޖަހަން، ފާހަގައިގެ ބަދަަލުގައި. އެ ބޭފުޅުން ވަޑައިގަތީ ފާހަގަ ޖަހައިގެން."

އިއްޔެ ބްލައިންޑް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންގެ ނައިބު ރައީސް ހުސެއިން ޝަރީފް ވަނީ ލޯފަން މީހުންނަށް މިނިވަންކަމާ އެކު ވޯޓު ލުމުގެ ހައްގު ނުލިބޭ ކަމަށެވެ.

އެކަމަށް ހައްލެއް ގެނައުމަށް 2017 ފެށިގެން އީސީއާ އެކު މަސައްކަތްކުރަމުން އައި ނަމަވެސް ހައްލެއް ނުލިބޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިއްޔެގެ އެ ބައްދަލުވުމުގައި ޝަރީފް ވަނީ އެ އެސޯސިއޭޝަނުން ގެންނަށް ބޭނުންވާ ގޮތް ވިދާޅުވެފަ އެވެ.

"ވޯޓު ކަރުދާހަށް ހަރަދުދާނެ ބަދަލުތަކެއް ގެންނާނެ ކަމެއް ނެތް. ހާޑް މެޓީރިއަލްއަކުން ހަދާފައިވާ ކަރުދާސް ކޮޅެއް ވޯޓު ކަރުދާހާ އެއްވަރަށް ބައްޓަން ކޮށްފައި، ފާހަގަޖަހަންޖެހޭ ގޮޅިތަކާ ދިމާވާ ގޮތަށް ހެޔޮ ފާހަގަ ޖަހާގޮތަށް ކަނޑާފައި މި ހުންނަނީ،"

އޭގެ ސަބަބުން ނުފެންނަ ކުދިންނަށް އަތްލައިގެން ވެސް އެނގޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަސް އިހުތިޔާރު ކުރާ ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި އަމިއްލައަށް ފާހަގަޖެއްސެވޭނެގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

"ގާނޫނު ބަދަލުކުރަން ޖެހެންޏާ، އެކަންވެސް ކޮށްފަ، އެ ބޭފުޅުންނަށް އަމިއްލައަށް ވޯޓު ލެވޭނެގޮތް ހަދައިދޭނަން،" ހަބީބް ވިދާޅުވި އެވެ.