ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!
ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!

ސްކޫލް އޮންނަ ރަސްމީ ދުވަސްތައް، އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިޔަވަން ޖެހެ އެވެ. އެ ދުވަސްތަކުގައި ދަރިވަރުން ސްކޫލު ނިންމާފައި ގެއަށް ގޮސް، ޓިއުޝަނަށް ދާން ޖެހެ އެވެ. އެހެން ކުލާސްތަކަށް ދާން ޖެހެ އެވެ. ގްރޫޕް ސްޓަޑީތައް ހަދަން ޖެހެ އެވެ. އަދި، ގޭގައި ވެސް ކިޔަވަން ޖެހެ އެވެ.

ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!
ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!

ދެން އަންނަނީ ސްކޫލު ބަންދެވެ. ހަމަ އެހެންނެވެ. ދެން އަންނަނީ ޓާމް ޗުއްޓީ އެވެ.

ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!
ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!

އެއީ ޗުއްޓީއެކޭ ކިޔަސް، ބައެއް ދަރިވަރުންނަށް އެއީ މާ ބިޒީ ދުވަސްކޮޅެވެ. ޓާމް ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން މިހާރަކަށް އައިސް ކުރު ކޯސްތައް ދަރިވަރުންނަށް އެބަ ބާއްވަ އެވެ. އޭގެ އިތުރުން ޓިއުޝަން ވެސް ހިންގަ އެވެ. ގިނަ އަދަދެއްގެ ދަރިވަރުން އޭގައި ވެސް ބައިވެރިވެ އެވެ.

ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!
ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!

މިއީ ޕްރީ ސްކޫލުން ފެށިގެން އޭލެވެލް ނިންމައި ކޮލެޖު/ ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް މިހާރު އުޅެން ޖެހިފައިވާ ގޮތެވެ. ހުސް ދުވަހެއް ލިބޭނެ ކުޑަ ވަގުތުކޮޅެއް ވެސް ނެތެވެ. ބޯހަމަޖައްސާލައި، ކިޔެވުން ނޫން އެހެން ކަމެއް ކުރުމަށް އާއިލާއާއެކު ހޭދަކޮށްލުމަށް ވަގުތެއް ނުލިބެ އެވެ.

ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!
ދަރިވަރުން ހާސްކަމުގައި: އެންމެ ދުވަހެއް ވެސް ހުސްކޮށް ނެތް!

އެކަމަކު ސްކޫލުތަކުގެ ޗުއްޓީ އާއި ބަންދު ދުވަސްތައް ދެނީ ވަރަށް މުހިންމު ބޭނުމެއްގަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އޭގެ އެންމެ ބޮޑު ބޭނުމަކީ ކިޔެވުމަށް ފަހު އަރާމު ދިނުމެވެ.

ތައުލީމީ ދާއިރާއިން މާސްޓާސް ހަދާފައިވާ ނިއުމާ މުހައްމަދު (ނިއުމާ މިސް) ވިދާޅުވީ ޗުއްޓީއެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ފުރުސަތު ދިނުން ކަމަށެވެ.

"އާއިލީ ގުޅުން ބަދަހިކޮށް، ހިތްހަމަޖައްސާލައި، ކައިރި ރަށަކަށް ޕިކްނިކް ގޮސްލުން ކަހަލަ ކަންކަން ކުރުން އޭގެ ބޭނުމަކީ. ކުދިން ވެސް ހިތްހަމަޖެހިގެން ކިޔަވާނެ ޗުއްޓީ ދުވަސްތައް ރަނގަޅު ގޮތުގައި ހޭދަކޮށްލާ ނަމަ،" އޭނާ ވިދާޅުވި އެވެ.

ކިޔަވައިދިނުމުގައި 30 އަށް ވުރެ ގިނަ އަހަރު ގުނަމުން އަންނަ ނިއުމާ ވިދާޅުވީ ފަސް ދުވަހުގެ ކިޔެވުމަށްފަހު ލިބޭ ހަފްތާ ބަންދަކީ ކުދިންނަށް "ރިލެކްސް" ވެލުމަށް ލިބޭނެ ހަމައެކަނި ދެ ދުވަސް ކަމަށެވެ. އެ ދެ ދުވަހަކީ އަނެއްކާ ވެސް އަވަދިނެތި ކިޔެވުމަށް ހޭދަކުރަން ޖެހޭ ދުވަހަކަށް ވެއްޖެ ނަމަ ކުދިން، ކިޔެވުންމަތިން ފޫހިވެދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިސާލަކަށް ޗުއްޓީގައި ކުދިންނަށް ނަމާދުކުރަން ނޭނގޭ ނަމަ ނަމާދުކުރަން ދަސްކޮށް ވެސް ދެވިދާނެ. ދީނީ ވާހަކަތައް ކިޔައިދީ ދީނީ ކަންކަމަށް ލޯބި ޖެއްސުވިދާނެ، ޕާކަށް ކުޅެން ދިއުން، އާއިލާއާ އެކު ހެނދުނުގެ ނާސްތާ ނުވަތަ މެންދުރު ކެއްކުމުގައި ކުއްޖާ ލައްވާ މަސައްކަތް ކުރުވުން ފަދަ ކަންކަން ކުރެވިދާނެ،" ނިއުމާ ވިދާޅުވި އެވެ.

"އެ ކުއްޖަކު ޝައުގުވެރިކަން ހުންނަ މަސައްކަތެއް ނުވަތަ ކުރަން ބޭނުންވާ ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރުވުމަށް މަސައްކަތް ކުރަންވީ. މިއަދު ރާއްޖޭގެ ތައުލީމީ ނިޒާމު ވެސް މިހާރު ވަނީ އެފަދަ ކަންކަމަށް ބައްޓަން ކޮށްފައި. ހުނަރު ދަސްކޮށްދިނުމަށް އިސްކަން ދިނުމަށް."

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އެހެންކަމުން އެކި ކުދިންގެ ހިޔާލާއި ވިސްނުން ތަފާތު ވާނެ ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. އެގޮތުން ބައެއް ޓީޗަރުން ދެކޭ ގޮތުގައި ކުދިންގެ ސިކުނޑި އަށް ލުޔެއް ދިނުމަށް ޗުއްޓީ ވަގުތު ވެސް ދޭން ޖެހޭ ކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ހާއްސަކޮށް ދިރިއުޅުމުގެ އެކިކަންކަމާ ދޭތެރޭ ވިސްނަން ފުރުސަތުދީ އަމިއްލައަށް ވިސްނައިގެން ކަންކަން ކުރުވަން ބާރުއެޅުމަށް އިރުޝާދު ދެއެވެ.

ނިއުމާ ވިދާޅުވީ ކުދިންނަށް ދޭ ޗުއްޓީގައި، ހާއްސަކޮށް ހަފްތާ ބަންދު ޗުއްޓީގައި ކޮންމެ މާއްދާއަކުން ގޭގައި ހެދުމަށް ފިލާވަޅެއް ދޭނަމަ އާއިލާއާ އެކު ކުދިން އުޅެންޖެހޭ ވަގުތު އޭގެ އެންމެ ބޭނުންތެރި ގޮތުގައި ނުހިފޭނެ ކަމަށެވެ.

ނޫންނަމަ ބަންދު ނިމި ސްކޫލަށް ދާން ފަށާއިރު ވެސް ކުދިންގެ ސިކުނޑިތައް ރަނގަޅަށް މަސައްކަތް ނުކުރާނެ ކަމަށެވެ. ކިޔެވުންމަތިން ފޫހިވެ، އަމިއްލަ ދިރިއުޅުމުގައި ކުރަންޖެހޭ އެއްވެސް ކަމެއް ކުރަން ދަސްނުވާނެ ކަމަށް ނިއުމާ ވިދާޅުވި އެވެ.

"އާއިލާއާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ކުއްޖާގެ މުސްތަގުބަލަށް ވަރަށް މުހިންމު ވަގުތެއް. މިސާލަކަށް މާމާ ނޫނީ ކާފައާ އެއްކޮށް އެ ހޭދަކޮށްލާ ވަގުތުކޮޅު، އެއީ އެ ކުދިންގެ ހިތްހަމަޖެހުމަށް ނުވަތަ އެ ކިޔައިދޭ ވާހަކަތަކަކީ ހަނދާނުގައި އަބަދުވެސް ހުންނާނެ ވާހަކަތައް. އާއިލާއާއެކު ކުރާ ކަންކަން ވެސް ހަނދާން ހުންނާނެ ގިނަ ދުވަހަށް،" އޭނާ ވިދާޅުވި އެވެ.

ބައެއް ބެލެނިވެރިން ބުނާ ގޮތުން ހަފްތާ ބަންދުގައި ލިބޭ ޗުއްޓީގައި ފިލާވަޅު ދިނުމަކީ މުޅި އާއިލާ ވެސް އެކަމުގެ ތެރޭގައި އުޅެން ޖެހޭ ކަމެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ބުނީ ޗުއްޓީއެއްގައި ދަތުރެއްދާން ރޭވިޔަސް މަންމަ ނޫނީ ބައްޕަގެ ބޮލުގައި އޮންނަނީ އެކި މާއްދާތަކުން ދިން ވޯކްޝީޓު ނުނިންމާކަން ކަމަށެވެެ.

"ވީކެންޑް ޗުއްޓީގައި ކުއްޖާ ވެސް ހަނދާން ހުންނާނެ ފިލާވަޅު ހަދަން ހުރިކަން. އެހެންވީމަ އެ ލިބޭ ދެ ދުވަސް ވެސް ބޭކާރުވޭ ބައެއް ފަހަރަށް. އަޅުގަނޑުގެ ހުންނަނީ އޭޑީއެޗްޑީ ކުއްޖެއް. ފަސޭހަ ކަމެއް ނޫން އެއީ އެއްތާކު އެހާ ގިނައިރު ބައިންދައިގެން މަސައްކަތް ކުރުވުމަކީ. ހާއްސަކޮށް ކިޔެވުން. ފިލާވަޅު ނަހަދައި ދަރިފުޅު ސްކޫލަށް ފޮނުވޭ ދުވަހެއްގައި ވައިބާ ގްރޫޕަށް މި ލަނީ މިއަދު ފިލާވަޅު ހެދީ މި ކުދިންނޭ ކިޔައިފައި،" އޭނާ ބުންޏެވެ.

އެކަހަލަ ކަންކަމުގެ ސަބަބުން ލިބޭ ޗުއްޓީގައި ބެލެނިވެރިން ވެސް ކުދިންނާ އެއްވަރަށް ވިސްނަން ޖެހެ އެވެ. ޓާމް ޗުއްޓީގައި ދަރިފުޅު ޓިއުޝަނަށް ފޮނުވުމާއި އެ ތަންތަނުންދޭ ފިލާވަޅު ހެދުމައިގެން އުޅެންޖެހެ އެވެ. ބަންދުގެ އުފާ އެންމެ ބޭނުންވާ ގޮތަކަށް ނުލިބި، އަނެއްކާ ކިޔެވުމުގެ ތެރެއަށް ވަންނަން ޖެހެ އެވެ.

ޓިއުޝަންތަކާއި ދޭ ފިލާވަޅަކީ ހަމައެކަނި މަސައްކަތަަށް ނުހަދައި، ގޭތެރޭގެ ބައެއް ކަންކަން ކުރަން ވެސް ކުދިންނަށް ދަސްކޮށްދޭން ޖެހެ އެވެ. މައިންބަފައިން ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި މިފަދަ ކަންތައްތަކުގައި ކުދިން ޝާމިލް ކުރުވަން ޖެހެ އެވެ.

އެ ކުދިންނަކީ ޒިންމާދާރު، ކެރޭ، ހީވާގި، އުފެއްދުންތެރި އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުދިބަޔަކަށް ހެދޭނީ ކުދިންނަށް ވެސް އަމިއްލަ އުޅުމަށް ވަގުތު ދީގެންނެވެ. ކިޔެވުމަށް އިސްކަންދޭ ފަދައިން ޗުއްޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެންނެވެ. ކުދިންގެ މުސްތަގުބަލް އުޖާލާ ވާނީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދަރީންތަކަކަށް ވެގެންނެވެ.