ޑޭޓް ކްރައުން: ދިވެހިންގެ މަގުބޫލު ކަދުރު އެމްއެޗްއޭ އިން
ޑޭޓް ކްރައުން: ދިވެހިންގެ މަގުބޫލު ކަދުރު އެމްއެޗްއޭ އިން

ދިވެހިންގެ މެދުގައި މަގުބޫލު "ޑޭޓް ކްރައުން" ބްރޭންޑުގެ ކަދުރު އެމްއެޗްއޭ އިން ރޯދަ މަހަށް ހާއްސަކޮށް ބާޒާރަށް އެވެ.

އެ ފިހާރައިން ބުނި ގޮތުގައި "ޑޭޓް ކްރައުން" ކަދުރު މާކެޓަށް ނެރުނީ އެ ކަދުރަށް މީގެ ކުރިން ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބި، ދިވެހިންގެ މެދުގައި މަގުބޫލު، ޑިމާންޑު ބޮޑު ކަދުރަކަށް ވުމުންނެވެ.

އެމްއެޗްއޭ އިން "ޑޭޓް ކްރައުން"ގެ ހަތަރު ވައްތަރެއް ލިބެން ހުންނާނެ އެވެ. އެއީ ހަލާސް، ލުލު، ހެނެއިޒި އަދި ފާދް އެވެ.

އެމްއެޗްއޭއިން ވަނީ ހޯލްސޭލްކޮށް ވިއްކުމަށް ބަލްކު ޕެކުތަކަކާއި އާއްމުކޮށް ގޭގައި ބޭނުން ކުރާ ދެ ސައިޒެއްގެ "ޑޭޓް ކްރައުން" ކަދުރު ނެރެފަ އެވެ. އޭގެތެރޭގައި 250 ގްރާމާއި، 500 ގްރާމުގެ ޕެކެޓު ހިމެނެ އެވެ.

* ޑޭޓް ކްރައުން ހަލާސް 5 ކިލޯ - 190ރ.

* ޑޭޓް ކްރައުން ހަލާސް 10 ކިލޯ - 350ރ.

* ޑޭޓް ކްރައުން ލުލު، ހެނެއިޒި އަދި ފާދް 250x20ގ. - 500ރ.

* ޑޭޓް ކްރައުން ލުލު، ހެނެއިޒި އަދި ފާދް 500x16ގ. - 660ރ.

* ޑޭޓް ކްރައުން ލުލު، ހެނެއިޒި އަދި ފާދް 1x10 ކިލޯ - 770ރ.

"ޑޭޓް ކްރައުން" ކަދުރަކީ ޔޫއޭއީ އިން އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކަން ފެށި ކަދުރެވެ. އެ ގައުމުން 45 ގައުމެއްގައި މި ކަދުރު އަންނަނީ ވިއްކަމުންނެވެ.

އެމްއެޗްއޭއިން މި ކަދުރު މާކެޓަށް ނެރެ މެދުނުކެނޑި ވިއްކާތާ 25 އަހަރުވެއްޖެ އެވެ.