ދިރާގު ފުޓުބޯޅަ އީދުގެ ބޮޑު އިނާމު ހަވާލުކޮށްފި
ދިރާގު ފުޓުބޯޅަ އީދުގެ ބޮޑު އިނާމު ހަވާލުކޮށްފި

ދިރާގުން ވޯލްޑްކަޕަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާގައި ހިންގި "ގެސް ދަ ޕްލޭޔާ" އަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި، ހޫނު ތަރުހީބެއް ލިބުނު ހަރަކާތެކެވެ. އެ ހަރަކާތުގައި ޕޯސްޓުގައި ހުރި ފުޓުބޯޅަ ކުޅުންތެރިޔާގެ ނަން ދިމާކޮށް ކޮމެންޓު ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.

ދިރާގު ފުޓުބޯޅަ އީދުގެ ބޮޑު އިނާމު ހަވާލުކޮށްފި
ދިރާގު ފުޓުބޯޅަ އީދުގެ ބޮޑު އިނާމު ހަވާލުކޮށްފި

އެ ކުއިޒް ކުރިއަށް ގެންދިޔައީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު އެވެ. ޖުމްލަ ފަސް ބުރެއް ކުރިއަށް ގެންގޮސްފައި ވާއިރު ކޮންމެ ބުރަކުން ރަނގަޅު ޖަވާބު ދިމާކުރި ކޮންމެވެސް އެއް ފަރާތަކަށް ސޮނީ ސްޕޯޓްސްގެ 3000ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ދީފަ އެވެ.

ގްރޭންޑް އިނާމަކަށް ޕީއެސް 5އެއް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ އެ ކުއިޒްގެ ގްރޭންޑު އިނާމު ލިބުނު ފަރާތް މިދިޔަ ހަފްތާގައި ވަނީ ހޮވައިފަ އެވެ. އެ އިނާމު ކާމިޔާބު ކުރީ މަރިޔަމް ސައީދެވެ.

"ގެސް ދަ ޕްލޭޔާ"އާ ގުޅޭ ގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވި ގޮތުގައި "ގެސް ދަ ޕްލޭޔާ" ވަނީ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފަ އެވެ. އަދި އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އެކަހަލަ ބޮޑެތި މުބާރާތްތަކުގެ ފޯރި އިތުރުކުރުމަށް އެ ކުންފުނިން އެކި ހަރަކާތްތައް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގެސް ދަ ޕްލޭޔާ"ގެ ޕީއެސް 5 ކާމިޔާބު ކުރި ފަރާތަށް އިނާމު ވެސް ވަނީ އެ ކުންފުނިން ހަވާލުކޮށްފަ އެވެ.

ދިރާގުން ބުނީ ވޯލްޑްކަޕްގެ ހަރަކާތްތައް ނިންމާ އިނާމު ލިބުނު ފަރާތްތަކަށް ރަސްމީކޮށް އިނާމުތައް ހަވާލުކޮށް، އެ ފަރާތްތަކުގެ ވޯލްޑްކަޕުގެ ތަޖުރިބާ ދިރާގުގެ ސަބަބުން އިތުރަށް ފުރިހަމަވެގެން ދިޔަ ކަމަށް ގަބޫލުކުރެވިއްޖެ ކަމަށެވެ.

ދިރާގުން ވޯލްޑްކަޕަށް ތައާރަފް ކުރި އޮފާތަކުގެ ތެރޭގައި އެންމެ ގިނަ ކަސްޓަމަރުންގެ މަގުބޫލުކަމެއް ލިބިފައި ވަނީ "ޖެހީ ލިބުނީ" ޕްރޮމޯޝަނަށެވެ. އެ އޮފާ އަކީ އެ ކަސްޓަމަރަކު ސަޕޯޓްކުރާ ޓީމެއް ގޯލް ޖެހުމުން ހިލޭ ޑޭޓާ ދިން އޮފާއެކެވެ. އެ އޮފާއަށް އެންމެ ފުރަތަމަ ދުވަހު އެކަނި ދެ ހާހެއްހާ މީހުން ރަޖިސްޓްރީވުމަށް ފަހު މުބާރާތުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އައި އިރު، އެ އަދަދު 7000 އަށް ވުރެ އިތުރުވި އެވެ.