20 ފެބުރުއަރީ 2023 - 17:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ.
އެއްވެސް ތަފްސީލެއް ނުދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް އެ ގައުމުން ކުރައްވައިފަ އެވެ.
އޭގެ ފަހުން ވެސް ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ.