19 ފެބުރުއަރީ 2023 - 13:55

މިމަހުގެ ހަ ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އައިލެންޑް އޭވިއޭޝަނުން ޑޮނޭޝަން ފަންޑެއް ހުޅުވައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މި ޕްލެޓްފޯމު މެދުވެރިކޮށް، އެހީވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނާއި އާންމުންނަށް ވެސް އޮންނާނެ ކަމަށެވެ.
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އައިއޭއެސް އިން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެހީވުމަށް އެކައުންޓް ނަންބަރު 7702128184001 އަށް ފައިސާގެ އެހީ ފޮނުވޭނެ އެވެ.
ތުރުކީ-ސީރިއާ ބިންހެލުމުގައި އެތައް ހާސް ގެއެއް ސުންނާފަތިވި އިރު މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބައި ލައްކައާ ގާތްވެފަ އެވެ.