ޖޮލާޓީން އައިފޯން 14 ޕްރޯ ލިބޭ ޕްރޮމޯޝަން ނިމެނީ
ޖޮލާޓީން އައިފޯން 14 ޕްރޯ ލިބޭ ޕްރޮމޯޝަން ނިމެނީ

މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންްޓު ވިއްކާ އޮންލައިން ޕޭޖު "ޖޮލާޓީ" އިން އައިފޯން 14 ޕްރޯއެއް ލިބޭ ޕްރޮމޯޝަން މި މަހު ނިމޭނެ ކަމަށް އެ ޕޭޖުން ބުނެފި އެވެ.

އެ ޕޭޖުން ބުނި ގޮތުގައި މިހާރު ކުރިއަށް ދާ ޕްރޮމޯޝަނަކީ ބްރޭންޑެޑް ސެންޓުފުޅިއެއް ގަނެގެން އަގުހުރި އިނާމެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ޕްރޮމޯޝަންގައި ބާކީ މިހާރު އޮތީ 10 ދުވަހެވެ.

އެ ޕްރޮމޯޝަނަކީ ޕޭޖުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން "ޖޮލާޓީ" ޕޭޖަށް ފޮލޯކޮށް، ޕްރޮމޯޝަނާ ގުޅޭ ޕޯސްޓަށް ލައިކްކޮށް ޝެއާކުރާ ފަރާތްތަކަށް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި އައިފޯން 14 ޕްރޯ ލިބޭ ނަސީބުވެރިއެއް ހޮވާނީ މާޗު 1 ވަނަ ދުވަހު އެވެ.

"ޖޮލާޓީ" އިން ބުނި ގޮތުގައި އެ ޕޭޖުން ވިއްކަނީ "އޮތެންޓިން" ސެންޓެވެ. އަދި ސެންޓުގެ ވަސް ގިނަ ވަގުތަށް ދެމި ހުންނާނެ ކަމަށާއި ވަސްމީރު ގިނަ ސެންޓުތަކެއް ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

އެ ޕޭޖުން ވިއްކާ މަޝްހޫރު ސެންޓު ބްރޭންޑުތަކުގެ ތެރޭގައި ވަސާޗޭ، ވިކްޓޯރިއާ ސީކްރެޓް، ގޫޗީ، ޑޮލްޗީ އެންޑް ގަބާނާ އަދި ކެލްވިން ކްލައިން ފަދަ ބްރޭންޑުތައް ހިމެނެ އެވެ.

"ޖޮލާޓީ" އިން ދެ ޖިންސަށް ހާއްސަ ގިނަ ސެންޓުތަކެއް ލިބެން ހުންނާނެ އެވެ.