"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!
"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!

ބޮލީވުޑްގެ އެކްޓަރު، އަޔޫޝްމާން ކުރާނާގެ "ޑްރީމް ގާލް" ސީކުއެލްގެ ދެ ވަނަ ފިލްމު ރިލީޒްކުރާ ތާރީހު، ކުޑަ ޓީޒާއަކާ އެކު އިއުލާނުކޮށްފި އެވެ.

"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!
"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!

ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ޑްރީމް ގާލް" ގެ ދެވަނަ ބައި ސިނަމާތަކުގައި ނެރެން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ.

"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!
"ޑްރީމް ގާލް 2" ޖުލައި މަހު؛ ތާރީހު އިއުލާނު ކުރީ ތަފާތުގޮތަކަށް!

"ޑްރީމް ގާލް" ފިލްމުގައި ދައްކައިދިނީ ޒުވާން ފިރިހެނަކަށް (އަޔޫޝްމާން) އަށް ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް، ކޯލް ސެންޓަރެއްގައި މަސައްކަތް ކުރަން ލިބި، އެތަނުގައި އޭނާ އަންހެނެއްގެ އަޑުން ވާހަކަދައްކައި، ގިނަ ފިރިހެނުންގެ ހިތްތައް އަތުލަމުން ދިޔަ ހެއްވާ މަޖާ މަންޒަރުތަކެވެ.

ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާނު ކުރީ އަޔޫޝްމާންގެ އިންސްޓަގްރާމުގައި ޝެއާކުރި ޓީޒާގައި، ފުރަތަމަ ބައިގައި އޭނާ ހެދިގެން އުޅުނު އަންހެން މީހާ، ޕޫޖާ އަށް 'ޕަޓާން' ގުޅައި، ދެކެވުނު ވާހަކަތަކަކުންނެވެ. 'ޕަޓާން' އަށް ވެގެން ވާހަކަ ދެއްކި މީހާގެ އަޑާ ޝާހްރުކްގެ އަޑާ ވައްތަރެވެ.

އެ ވީޑިއޯގައި، އަޔޫޝްމާން ހުރީ "ޕޫޖާ" އަށް ވެގެން، އަންހެން ހެދުމެއް ލައިގެންނެވެ. އަދި އޭނާ ވާހަކަ ދެއްކީ ވެސް އަންހެން އަޑުންނެވެ. އޭގައި 'ޕަޓާން' ވާހަކަ ދައްކަމުން، "ޖަވާން (ޝާހްރުކްގެ އާ ފިލްމު) ވަރަށް އަވަހަށް ރިލީޒް ކުރާނެ" ކަމަށް ބުނުމުން، ޕޫޖާ ބުނީ، އޭނާގެ ފިލްމު ވެސް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. ރިލީޒް ކުރާ ތާރީހު ޕޫޖާ ބުނީ، ޕަޓާން އެއީ ކޮން ދުވަހެއްތޯ އެހުމުންނެވެ.

އެ ޓީޒާ ބެލުމަށް ފަހު ވެސް ގިނަބަޔަކު އަންނަނީ ފިލްމަށް އިންތިޒާރުކުރެވޭ ކަމަށް ބުނަމުންނެވެ. މިފަހަރު ފިލްމުގައި ވެސް މަޖާ ގިނަ ހާދިސާތަކެއް ފެންނާނެ ކަމަށްވެ އެވެ.

"ޑްރީމް ގާލް 2" ގެ ބަތަލާގެ ރޯލުން އަނާންޔާ ޕާންޑޭ ފެންނައިރު، ޕަރޭޝް ރަވާލް އާއި ރަޖްޕަލް ޔަދަވް އާއި އައްނޫ ކަޕޫރާއި ވިޖޭ ރާޒް އަދި މަންޖޯތު ސިންގުގެ އިތުރުން، ފުރަތަމަ ބައިން ފެނުނު ގިނަ ކާސްޓުން ވެސް މި ފިލްމުގައި ފެންނާނެ އެވެ.

"ޑްރީމް ގާލް" ސީކުއެލްގެ ފުރަތަމަ ފިލްމު އުފެއްދި ރާޖް ޝާންޑަލިޔާ ލިޔެ ޑައިރެކްޓުކޮށްފައިވާ "ޑްރީމް ގާލް 2" ޕްރޮޑިއުސްކޮށްފައި ވަނީ އެކްތާ ކަޕޫރާއި ސޯބާ ކަޕޫރެވެ.