"ބްރިޖަޓަން"ގެ އާ ސީރީޒްގެ ޓީޒާއެއް ދައްކާލައިފި
"ބްރިޖަޓަން"ގެ އާ ސީރީޒްގެ ޓީޒާއެއް ދައްކާލައިފި

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް، "ބްރިޖަޓަން"ގައި މުހިންމު ރޯލެއް ކުޅޭ "ކުއީން ޗާލޮޓް"ގެ ވާހަކަ ގެނެސްދޭ ސްޕިން އޮފް ސީރީޒްގެ ފުރަތަމަ ޓީސާ ޓްރެއިލާ ދައްކާލައިފި އެވެ.

"ބްރިޖަޓަން"ގެ އާ ސީރީޒްގެ ޓީޒާއެއް ދައްކާލައިފި
"ބްރިޖަޓަން"ގެ އާ ސީރީޒްގެ ޓީޒާއެއް ދައްކާލައިފި

"ކުއީން ޝާލޮޓް: އަ ބްރިޖްޓަން ސްޓޯރީ"ގެ ނަން ދީފައިވާ އެ ސީރީޒްގައި ކުއީން ޝާލޮޓުގެ ރަނިކަން އުފެއްދިގެން އައި ގޮތާއި، އޭނާގެ ލޯބީގެ ވާހަކަ ގެނެސްދޭނެ އެވެ.

އަންނަ މެއި މަހުގެ ހަތަރު ވަނަަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާ މި ސީރީޒަކީ، "ބްރިޖަޓަން" ސީރީޒްގެ ފުރަތަމަ ސްޕިން އޮފް އެވެ.

ބްރިޖަޓަން ސީރީޒާއި މި ސްޕިން އޮފް ސީރީޒްގެ ވެސް އެގްޒެކެޓިވް ޕްރޮޑިއުސަރު، ޝޮންޑާ ރައިމްސް "ރޮއިޓާސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ބްރިޖަޓަންގެ ވާހަކަ ފުޅާކޮށް، އިތުރު ޝައުގުވެރި ވާހަކަތައް ގެނެސްދޭން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"އެމީހުން (ބްރިޖާޓަންގެ ކެރެކްޓާސްގެ) އުޅެބޮޑުވި ގޮތާއި އެ މީހުންނަކީ އަސްލު ކޮން ބައެއްކަން ދެން ފެންނާނެ،" އޭނާ ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ނެރުނު "ކުއީން ޝާލޮޓް"ގެ ޓީޒާ ޓްރެއިލާގައި "ބްރިޖަޓަން"ގެ ލޭޑީ ވައިލޮޓްގެ ރޯލުން ފެންނަ، ރޫތު ގެމެލް އާއި ލޭޑީ އެގަތާ ޑޭންބަރީގެ ރޯލުން ފެންނަ އަޖޯއާ އޭންޑޯ ވެސް ފެނުނެވެ.

"ބްރިޖަޓަން"ގެ އެންމެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން، މާޗު 2021 ގައި އެ ސީރީޒްގެ ދެވަނަ ސީޒަން ނުކުމެ، ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދި އެވެ. އެ ސީރީޒްގެ ތިންވަނަ އަދި ހަތަރުވަނަ ސީޒަން، ނެޓްފްލިކްސް އިން ވަނީ ހަމަ އެ އަހަރުގެ އޭޕްރިލް މަހު އިއުލާންކޮށްފަ އެވެ.