ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ
ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ

މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ އެވެ.

ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ
ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ

ހޮލީވުޑްގެ ފިލްމު "ލަވް އަގެއިން" އިން ޕްރިޔަންކާއެކު ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ވެސް ފެންނާނެ އެވެ. މިއީ ސެލީން ޑިއޯންގެ ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި ލިޑް ރޯލް ކުޅެނީ ޕްރިޔަންކާ އާއި ސޭމް ހިޔޫވަން އެވެ.

ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ
ޕްރިޔަންކާގެ އާ ފިލްމުގެ ޓްރެއިލާ ނުކުމެއްޖެ

ޖޭމްސް ސްޓްރައުސް ޑައިރެކްޓުކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީ ފިލްމުގައި، ޕްރިޔަންކާގެ ފިރިމީހާ، ނިކް ޖޯނަސްގެ ހާއްސަ ފެނިލުމެއް ވެސް ފެންނާނެ އެވެ.

ޓައިޓޭނިކް ފިލްމުގެ "މައި ހާޓް ވިލް ގޯ އޮން" ލަވަ ކިޔާފައިވާ ސެލީން، ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެންނަ މި ފިލްމަކީ، ޖާމަން ފިލްމު "އެސްއެމްއެސް ފްޔާ ޑިޝް"ގެ އެމެރިކަން ރިމޭކެކެވެ.

"ޕީޕަލް މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި، އުމުރުން 54 އަހަރުގެ ސެލީން ބުނީ، އޭނާގެ ފުރަތަމަ ފީޗާ ފިލްމުގައި ރީތި އަދި ހުނަރުވެރި އެކްޓަރުން ކަމަށްވާ ޕްރިޔަންކާ އާއި ސޭމްއާއެކު މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މި ފިލްމުގައި، ގްރޭމީ އެވޯޑު ފަސް ފަހަރަށް ހޯދާފައިވާ ސެލީންގެ ގިނަ ލަވަތަކެއް ވެސް ހިމަނާފައިވެ އެވެ.

"އަހަރެން ދެކޭ ގޮތުގައި އެ ފިލްމަކީ ވަރަށް ރަނގަޅު އިހުސާސެއް ކުރުވަދޭނެ ފިލްމެއް. އުންމީދުކުރަނީ އެންމެނަށް ވެސް އެ ފިލްމާއި އާ ލަވަތައް ކަމުދާނެ ކަމަށް،" ސެލީން ބުންޏެވެ.

ޕްރިޔަންކާ ބުނިގޮތުގައި، ސެލީންގެ އާ ލަވަތައް އެ ފިލްމުގައި ހިމެނުމަކީ، ލިބުނު ބޮޑު "ނިއުމަތެއް" ކަމަށެވެ.

ޕްރިޔަންކާ، 40، ބުނީ "އެސްއެމްއެސް ފްޔާ ޑިޝް" ފިލްމު ބެލުމުން އޭނާއަށް ވަރަށް އަސަރުކުރި ކަމަށެވެ. އެއީ އުންމީދުކުރުމާއި ލޯބި އަލުން ހޯދުމުގެ އިތުރުން ކޮންމެ ފަދަ "ޖާދުލެއް" ވެސް މެދުވެރިވެދާނެ ކަމަށް ދެކިގެން ތިބުން މުހިންމުކަން އަންގައިދޭ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

"މި ކެރެކްޓާ ކުޅެވޭތީ ވަރަށް އުފާވި. ސަބަބަކީ މި ރޯލުގައި އަހަންނަކީ ތަނަކަށް ނުނިކުމެވޭ ގޮތަށް، ތަނެއްގައި ތާށިވެފައި ހުންނަ އިހުސާސްކުރެވޭ، ނާޒުކު، 'އެންޕެތެޓިކް' މީހެއްގެ ރޯލަށް ވާތީ. އަހަރެމެން އެންމެން ވެސް ރިލޭޓުވާނެ ރޯލެއް،" ޕްރިޔަންކާ ބުންޏެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.