14 ފެބުރުއަރީ 2023 - 13:02

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޖީީބީ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ސަޅި މަންތުލީ"ގެ ނަމުގައި ދިރާގުން ފެށި އެ ޕްރޮމޯޝަނުގައި 495ރ. އަށް 3 ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ އެވެ. އެ ޕްލޭނަކީ އެއް މަސް ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ ޕްލޭނެކެވެ.
އެ ޕްލޭން ހިޔާރު ކުރާ ކަސްޓަމަރުންނަށް ކޮންމެ މަހަކުވެސް ޖުމްލަ 90 ޖީބީ ޑޭޓާ ލިބޭނެ އެވެ.
ދިރާގު މޮބައިލް އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް "ސަޅި ޕްރިޕެއިޑަށް" ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އެ ޕްލޭން އެކްޓިވޭޓު ކުރެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް އެ ޕްލޭން ނެގޭނީ ކީވޯޑަކަށް "S2GB30" ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެންނެވެ.
ދިރާގުން ޕްރިޕެއިޑް އެކި ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށާއި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ލިމިޓެޑް އޮފާތަކާ އާ ޕްލޭނުތައް ދަނީ ތައާރަފްކުރަމުންނެވެ.