ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް
ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ބާއްވާ ދިވެހި ސާފް ލީގުގެ ގދ. ގައްދޫ މުބާރާތުގެ އެންމެ ފަހުގެ ޖޫނިއާ ޗެމްޕިއަން ޝަރޫފް ޝާއިރު އަށް މިފަހަރު މުބާރާތުން ފުރުސަތު ދޫކޮށްލައިފި އެވެ.

ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް
ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް

ސާފް ލީގުގައި މި އަހަރު ވެސް އެންމެ ފުރަތަމަ މުބާރާތަކީ ގައްދޫ "ކަޅެގަލެކޮޑާ" އެވެ. މިފަހަރުގެ މުބާރާތް ފެށީ ޖޫނިއާ އިވެންޓުންނެވެ. އުމުރުން 18 އަހަރުންދަށުގެ އެތުލީޓުންނަށް ބާއްވާ ކެޓެގަރީގައި ވާދަ ކުރުމުގެ އުމުރު ފަހަނައަޅައި ދިއުމުން މިފަހަރު އޭނާ ޖޫނިއާގައި ވާދަ ނުކުރެވުނަސް އޯޕަން ކެޓަގަރީގައި ވާދަ ކުރެވޭނެ އެވެ.

ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް
ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް

އެކަމަކު ޝަރޫފް މުބާރާތުގައި ބައިވެރި ނުވީ މިވަގުތު ހާލަތުގެ ހުރި ގޮތުން ކަމަށް އޭނާ ބުންޏެވެ.

ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް
ޖޫނިއާ ޗެމްޕިއަން ޝަރޫފަށް މި އަހަރު މުބާރާތުން ފުރުސަތެއް ނެތް

"ރިސޯޓެއްގައި ވަޒީފާގައި މި އުޅެނީ. ޗުއްޓީ ލިބުން ތަންކޮޅެއް ދަތި ވަގުތެއް މީ،" އާދީއްތަ ދުވަހު ގދ. ގައްދޫގައި އޮތް ގައުމީ ޓީމުގެ ސިލެކްޝަން ޓްރަޔަލްގެ ފުރުސަތު ވެސް ދޫކޮށްލި ޝަރޫފް ބުންޏެވެ.

ޖުމުލަ 10 އެތުލީޓުން ވާދަ ކުރާ ޖޫނިއާ ކެޓަގަރީގައި މިއަދު ހެނދުނު ވަނީ ފުރަތަމަ ބުރުގެ ތިން ހީޓު ވެސް ނިންމާލައިފަ އެވެ. ހަތަރު ހީޓުން ވެސް އެއް ވަނަ އަދި ދެ ވަނަ ރާޅާއެޅުންތެރިން ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ އެވެ.

މިއަދުގެ ފުރަތަމަ ހީޓުގައި ވާދަކުރީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަދި އަހުމަދު ޒަޔާން އެވެ. މި ހީޓްގެ އެއް ވަނަ ހޯދީ ޔޫސުފް ކަޔާން އެވެ. އޭނާ އެއް ވަނަ ހޯދީ ފުރަތަމަ ދެ ރާޅަށް 7.17 އަދި 6.33 ޕޮއިންޓް ހޯދައިގެން ޖުމްލަ 13.50 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.

ހީޓްގެ ދެވަނަ ހޯދީ ޖުމްލަ 9.56 ޕޮއިންޓް ހޯދި ކަޔާން އަރީފް އެވެ. ޔޫސުފް ކަޔާން އާއި ކަޔާން އަރީފް ވެސް ހަތަރު ރާޅާ އެޅިއިރު، ކަޔާން އަރީފްގެ އެންމެ ރަނގަޅު ދެ ރާޅަށް ވީ ފަހު ދެ ރާޅެވެ. އެ ދެ ރާޅަށް އޭނާ ވަނީ 5.33 އަދި 4.23 ޕޮއިންޓް ހޯދައިފަ އެވެ. އަހުމަދު ޒަޔާން އެޅި ހަމައެކަނި ދެ ރާޅަށް ލިބުނީ 2.90 އަދި 3.67 ޕޮއިންޓެވެ.

ދެ ވަނަ ހީޓުގައި ހަތަރު އެތުލީޓުން ހިމެނުނެވެ. ނަމަވެސް ވާދަކުރީ މުހައްމަދު ޒަޔާން (ޗޮއްޕު) އާއި އަހުމަދު މިސްކް އެވެ. ޗޮއްޕު މި ހީޓް ކާމިޔާބު ކުރީ 4.83 އަކާއި 8.00 ޕޮއިންޓްގެ ރާޅަކާ އެކު ޖުމްލަ 12.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. މިސްކް އަށް ލިބުނީ ޖުމްލަ 3.83 ޕޮއިންޓެވެ.

ތިން ވަނަ ހީޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ތިން އެތުލީޓުން ވާދަކުރި މި ހީޓުގައި ޖުމްލަ 12.94 ޕޮއިންޓް ހޯދައި ކާމިޔާބު ކުރީ ޔަސީން އަހުމަދު ނާޝިދެވެ. ހަތަރު ރާޅުގެ ތެރެއިން އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 6.17 އަދި 6.77 ޕޮއިންޓެވެ. ދެ ވަނައަށް ދިޔަ މުހައްމަދު އިނާން އަބްދުލް ހަންނާން ވެސް ވަނީ ހަތަރު ރާޅާ އަޅައިފަ އެވެ. އޭނާ ވަނީ 5.43 އަދި 6.27 ޕޮއިންޓްގެ ރާޅަކާ އެކު ޖުމްލަ 11.70 ޕޮއިންޓް ހަމަކޮށްފަ އެވެ.

ތިން ވަނައަށް ދިޔަ އަހުމަދު ލުޒެއިން އަށް ލިބުނީ ޖުމްލަ 10.83 އެވެ. އޭނާ ވަނީ ހީޓް ނިމެން 14 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ހީޓުގައި ބައިވެރިވެ ފަސް ރާޅާ އަޅައިފަ އެވެ. ލުޒެއިން އެންމެ ރަނގަޅު ސްކޯއެއް ހޯދީ ފަހު ދެ ރާޅުންނެވެ. އެއީ 4.33 އަދި 6.50 ޕޮއިންޓެވެ.

ކުއާޓާ ފައިނަލް ގައި ހަތަރު ހީޓެއް ކުރިއަށް ދާނެ އެވެ. ކޮންމެ ހީޓެއްގައި ވާދަކުރާނީ ދެ އެތުލީޓުންނެވެ. ފުރަތަމަ ބުރުން ހަ އެތުލީޓުން ކުއާޓާ އަށް ހޮވިފައި ވާއިރު، ނާކާމިޔާބުވި ހަތަރު އެތުލީޓުން ކޮލިފައިން ހީޓެއްގައި ވާދަކުރާނެ އެވެ.

ކޮލިފައިން ހީޓުގައި ވާދަކުރާނީ އަހުމަދު ޒަޔާނާއި އަހުމަދު ލުޒެއިންގެ އިތުރުން ތިން ވަނަ ހީޓްގައި ބައިވެރި ނުވެވުނު ސައްޔިދު ސަލާހުއްދީނާއި މުހައްމަދު ޖިނާން އެވެ. މި ހީޓުގެ އެއް ވަނަ އަދި ދެ ވަނައަށް މުބާރާތުގެ ކުއާޓާގެ ޖާގަ ލިބޭނެ އެވެ.

ހީޓް 1: ޔޫސުފް ކަޔާން، (ކޮލިފައިން ހީޓްގެ ދެވަނަ)

ހީޓް 2: ކަޔާން އަރީފް، މުހައްމަދު އިނާން

ހީތް 3: މުހައްމަދު ޒަޔާން، އަހުމަދު މިސްކު

ހީޓް 4: ޔަސީން، (ކޮލިފައިން ހީޓްގެ އެއް ވަނަ)

މި އަހަރުގެ ލީގު ކުރިއަށް ދަނީ ބަދަލުތަކަކާ އެކު އެވެ. ލީގުގައި ޖޫނިއާ ކެޓެގަރީގެ ރޭންކިން އަށް ބަލައި ޖޫނިއާ ލީގު ޗެމްޕިއަން ހޮވަން މި އަހަރު ނިންމާފައިވެ އެވެ.

ކަޅެގަލެކޮޑާ ގައި ފިރިހެން އޯޕަން ޑިވިޝަން ގައި 32 ރާޅާއެޅުންތެރިން ވާދަ ކުރެ އެވެ. މިއަދު ފެށި ލީގުގެ ފުރަތަމަ އިވެންޓް، ކުރިއަށް ދާނި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.