މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ
މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ

މާލޭގެ މަގުމަތީގައި ބިދޭސީ އަންހެނަކު ނަށައި، ބޭއަދަބީ ވައްތަރު ޖައްސައި، ޓްރެފިކަށް ހުރަސް އެޅޭ ގޮތަށް އުޅެމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ
މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ

އެކި ދުވަސްމަތިން މަގުމަތީގައި އާއްމުންނަށް އުނދަގޫވާ ގޮތަށް އޭނާ އުޅޭ ވީޑީއޯތަކެއް ވަނީ އާއްމުކޮށްފަ އެވެ. އެންމެ ފުރަތަމަ ވީޑިއޯ އާންމުވީ މާލޭ ބޮޑުތަކުރުފާނު މަގުގައި ރޭގަނޑުގެ ވަގުތެއްގައި އޭނާ ނަށަނިކޮށެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ތޫމް ރެސްޓޯރެންޓު ބޭރުގައި ބޮޑުތަކުރުފާނު މަގުން ދާ މީހުންނަށް ފެންނަ ގޮތަށް ވައްތަރު ޖައްސައި ނަށާށެވެ.

މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ
މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ

އޭގެ ފަހުން ހަމަ އެ އަންހެން މީހާ ނަށަމުން، ލަސްލަހުން ކަފި ހުރަހެއް މަތިން ހިނގާފައި ދާތަން ފެންނަ ވީޑިއޯއެއް ވެސް ދައުރުވެ އެވެ. އެ ވަގުތު އޭނާ ކައިރިން ލާފައި ސައިކަލުތައް ވެސް ދިޔަ އެވެ.

މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ
މަގުމަތީގައި ނަށައި ވައްތަރު ޖައްސަމުން އުޅޭ މީހެއްގެ އުނދަގޫ ބޮޑުވެއްޖެ

ތިން ވަނަ ވީޑިއޯއަކަށް އާއްމުވީ މާލޭ މަގެއްގެ މެދުގައި ލަގެޖު ދަބަހެއްގެ މަތީގައި އިނދެ، އަތުން ބޭއަދަބީ އިޝާރާތެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

ދުވާލުގެ ވަގުތެއްގައި މާލޭ ވައިލެޓު މަގުގައި އޭނާ ހަމަނުޖެހުމެއް ހިންގައިގެން އުޅޭ ވީޑީއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ކުޑަ ބާލީހެއް ހިފަހައްޓައިގެން ހުރެ ދިވެހީންނަށް ނިސްބަތްކޮށް ހަޑިހުތުރު އެއްޗެހި ކިޔާ އަޑު ވެސް އިވެ އެވެ.

އޭނާ މަގުމައްޗަށް އުކާލާފައި ހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް އެ ވީޑީއޯއިން ފެނެ އެވެ. އެކަމާ ހެދި މަގުން ދަތުރުކުރަން ހުރަސް އެޅުނު އިރު، ބައެއް މީހުން ދުރުގައި ސައިކަލު ހުއްޓާލައިގެން މަންޒަރު ބަލަން ވެސް ތިއްބެވެ.

ކާކުކަން ނޭނގޭ މި މީހާ އާއްމުންނަށް އުނދަގޫވާ ގޮތަށް އުޅޭ މަންޒަރު ފުލުހުންނަށް ނުފެންނަނީތޯ ސުވާލު އުފައްދައި އެކަން ހުއްޓުވައިދޭން ވެސް ގިނަ ބަޔަކު އެދިފައިވެ އެވެ.

މަގުމަތީގައި އުޅޭ ގޮތުން ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި އާއްމުންނަށް އޭނާ އުނދަގޫކޮށް ހަދަނީ މަސްތުވެގެން ހުރެ އެވެ. ވެހިކަލްތަކުން ތޮއްޖެހިފައިވާ މަގުތަކުގައި އެގޮތަށް އުޅެން ފުރުސަތު ދިނުމަކީ އާއް،މު އުނދަގުލަކަށް ވުމުގެ އިތުރުން އޭނާއަށް ވެސް ގެއްލުން ލިބިދާނެ ކަމެއް ކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

ވީޑިއޯތަކުގައި އަންހެން މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބައެއް އާންމުން ތުހުމަތު ކުރި އެވެ. ބައެއް މީހުން ބުނިގޮތުގައި އޭނާއަކީ ނަފުސާނީ ބަލި ހުންނަ މީހެކެވެ. އެކަމަކު އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ފުލުސް އޮފީހުން މި މައްސަލާގައި އަދި އެއްޗެއް ނުބުނެ އެވެ.

އޭނާއަކީ ރާއްޖެ އައި ޓޫރިސްޓެއް ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ މީހެއް ކަމެއް އަދި ނޭނގެ އެެވެ.