ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް
ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް

ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރުގެ "އޯކޭ ޖާނޫ" އަށް ބެލުންތެރިން ތަރުހީބެއް ނުދިނެވެ. ނަތީޖާއަކީ ބޮކްސް އޮފީހުގައި ފިލްމަށް ނާކާމިޔާބީއާ ކުރިމަތިވުމެވެ. ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ހަތަރު ދުވަހުގެ ތެރޭގައި ލިބިފައިވަނީ 15.75 ކްރޯޑު (157 މިލިއަން ރުޕީސް) އެވެ. މި ފިލްމުގެ ބަޖެޓަކީ 300 މިލިއަން ކަމަށް ވާތީ ފިލްމަށް ކުރި ޚަރަދުވެސް ފޫބެދޭނެކަމާ މެދު މިހާރު ޝައްކެވެ.

ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް
ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް

ޝްރައްދާ އާއި އަދިތުޔާގެ "އާޝިގީ 2" އަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައި ވާތީ "އޯކޭ ޖާނޫ" ވެސް އެހާ ރަނގަޅަށް ހިނގާނެކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް ދެ މީހުންގެ ހަގީގީ ލޯތްބަށް ނިމުމެއް އައުމަށްފަހު ކުޅުނު މި ފިލްމު ބަލާކަށް ބެލުންތެރިންގެ ޝައުގުވެރިކަމެއް ނެތެވެ. ފަހަރެއްގައި ކުރިން ރައްޓެހިވެގެން އުޅެފައި ރުޅިވެފައި ތިބޭ ފިލްމީ ތަރިން އެކުގައި ފިލްމު ކުޅެން ފޭނުން ހިތްހަމަނުޖެހެނީ ކަމަށް ވެދާނެ އެވެ. އެފަދަ ގިނަ ތަރިންގެ ފިލްމުތަކަށް ދިމާވެފައިވާ ނާކާމިޔާބީގެ ރެކޯޑްތަކަށް ބަލާއިރު މިގޮތަށް ގަބޫލުކުރެވިދާނެ އެވެ.

ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް
ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް

ބޮލީވުޑްގެ ވަރަށް ގިނަ ތަރިން މާޒީ ހަނދާން ނައްތާލާފައި އެމީހުންގެ ކުރީގެ ލޯބިވެރިންނާ އެކު ފިލްމު ކުޅެފައި އެބަހުއްޓެވެ. ނަމަވެސް މިފަދަ ތަރިންގެ ފޭނުން ތިބެނީ މާޒީ ހަނދާން ނައްތާލާ ގޮތަކަށް ނޫނެވެ. އެފަދަ ތަރިން ބައިވެރިވާ ފިލްމުތައް ފްލޮޕްވަނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. މިދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިގޮތަށް ފްލޮޕްވެފައިވާ ބައެއް ފިލްމުތައް އެބަހުއްޓެވެ.

ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް
ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް

"އޯކޭ ޖާނޫ" އަކީ ކުރީގެ ލޯބިވެރިންގެ ފިލްމުތައް ބޮކްސް އޮފީހުގައި ނުހިނގާނެކަމުގެ މިސާލު އެންމެ ފަހުން ދެއްކި ފިލްމެވެ. ފިލްމަށް އޭ.އާރް ރަހްމާން ތައްޔާރުކޮށްދީފައިވާ މިއުޒިކް ވަރަށް ރީއްޗެވެ. އަދި މި ފިލްމަކީ ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ތަމަޅަ ފިލްމެއް ކަމަށްވާ "އޯކޭ ކަންމަނީ"ގެ ރިމޭކް އެކެވެ. ނަމަވެސް "އާޝިގީ 2" ކުޅުނުތާ ހަތަރު އަހަރު ފަހުން ޝްރައްދާ އާއި އަދިތުޔާ ފުރަތަމަ ފަހަރަށް އެކުގައި ކުޅުނު ފިލްމު ބެލުންތެރިންނަށް ކަމަކުނުދިޔަ އެވެ.

ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް
ކުރީގެ ދެ ލޯބިވެރިންގެ "އޯކޭ ޖާނޫ" ވެސް ފްލޮޕް

ފިލްމު ނާކާމިޔާބުވި ސަބަބެއްކަމަށް އެއްބަޔަކު ބުނަނީ ސްކްރީންޕްލޭ ފީކަޅާކަމެވެ. އަދި "އާޝިގީ 2" ގައި ޝްރައްދާ އާއި އަދިތުޔާ ދެއްކި ކެމިސްޓްރީ "އޯކޭ ޖާނޫ" ގައި ދައްކުވައިދޭން ފިލްމުގެ ޑައިރެކްޓަރު ޝާދް އަލީ އަށް ނުކުޅެދުނުކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. "އާޝިގީ 2" ކުޅުނު ދުވަސްވަރު މި ދެ ތަރިންނަކީ ހަގީގީ ދެ ލޯބިވެރިންނެވެ. ނަމަވެސް އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ގުޅުން ވަނީ ކެނޑިފަ އެވެ.

ރަންބީރާއި ދީޕިކާ ވަނީ "ޔޭ ޖަވާނީ ހޭ ދިވާނީ" ފަދަ ހިޓް ފިލްމުތައް ކުޅެފަ އެވެ. ނަމަވެސް އެއީ އެމީހުން ރައްޓެހިވެގެން އުޅުނުއިރު އެވެ. ނަމަވެސް ދެ މީހުން ރުޅިވި ފަހުން 2015 ގައި ކުޅުނު "ތަމާޝާ" އަކީ ގިނަ ބަޔަކު މާޔޫސްކުރުވި ފިލްމެކެވެ. ދެ ލޯބިވެރިން ވަކިވުމަށް ފަހު ސްކްރީނުން ވެސް އެމީހުންގެ ކުރީގެ ކެމިސްޓްރީ ދެއްކޭ ގޮތެއް ނުވި އެވެ. ގާތްގަނޑަކަށް 80 ކްރޯޑު (800 މިލިއަން ރުޕީސް) އިން އުފެއްދި މި ފިލްމަށް ލިބިފައިވަނީ 67.26 ކްރޯޑު (672 މިލިއަން ރުޕީސް) އެވެ.

ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި "ބޭންޑް ބާޖާ ބާރާތު" އާއި "ލޭޑީސް ވާސަސް ރިކީ ބާލް" އަށް ފަހު އަނުޝްކާ ޝަރުމާ އާއި ރަންވީރު ސިންގްގެ ހަގީގީ ލޯބި ނިމުމަކަށް އަ އެވެ. މި ދެ މީހުން ވަކިވުމަށްފަހު ކުޅުނު "ދިލް ދަޅަކްނޭ ދޯ" އަށް ބޮކްސް އޮފީހުގައި ވީ ނާކާމިޔާބެވެ. މިއީ 850 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް ފިލްމަށް ލިބުނީ 768 މިލިއަނެވެ.

ޝާހިދު އާއި ކަރީނާ އަކީ 2000ގެ އަހަރުތަކުގައި އެންމެ ގިނަ ބަޔަކު އެންމެ ލޯބިވި ޖޯޑެވެ. "ޖަބް ވީ މެޓް" ފަދަ ރީތި ފިލްމުތައް މި ދެ ތަރިން ކުޅެފައިވެ އެވެ. ނަމަވެސް ދެ މީހުން ރުޅިވުމަށްފަހު ކުޅުނު "މިލޭނގޭ މިލޭނގޭ" ވެސް ވީ ފްލޮޕެވެ. މިދިޔަ އަހަރު ނުކުތް "އުޅްތާ ޕަންޖާބު" ގައި މި ދެ ތަރިން އުޅުނު ނަމަވެސް ޝާހިދު އާއި ކަރީނާ އެކުގައި ފެނިފައެއް ނުވެ އެވެ.

ކުރިޔަށް ހުރި މިފަދަ ބައެއް ތަރިންގެ ފިލްމުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" އާއި ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ހިމެނެ އެވެ. މި ދެ ފިލްމު ނާކާމިޔާބުވެއްޖެ ނަމަ ކުރީގެ ލޯބިވެރިން އެކުގައި ފިލްމު ކުޅުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާނެކަމަށް ބެލެވެ އެވެ.