"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި
"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ މަގްބޫލު ސީކްއެލް، "ގާޑިއަން އޮފް ދަ ގެލެކްސީ؛ ވޮލިއުމް 3" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި
"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި

މިއީ "ގާޑިއަން އޮފް ދަ ގެލެކްސީ" ގެ އެންމެ ފަހު ފިލްމުކަމަށް، އެ ސީކުއެލްގެ ޑައިރެކްޓަރު ޖޭމްސް ގަން މި އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ.

"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި
"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި

ގެލެކްސީ ހިމާޔަތްކުރާ ޓީމުގެ އެ ދަތުރު ނިމުމަކަށް އައިސްފައި މިވަނީ، މާވެލް ސްޓޫޑިއޯސް އިން ޖޭމްސް ވަކިވުމާ ވެސް އެކު އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ، ޑީސީ ޔުނިވާސްގެ ދެން އޮތް ޗެޕްޓާގެ ފިލްމުތައް ލޯންޗު ކުރުމަށެވެ.

"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި
"ގާޑިއަން އޮފް ދަ ގެލެކްސީ" ސީކްއެލް ނިމުމަކަށް، ފަހު ބައިގެ ޓްރެއިލާ ދައްކާލައިފި

މި ފިލްމުގެ ޓްރެއިލާ ރަސްމީކޮށް ނެރެފައިވަނީ އެމެރިކާގެ ސުޕަބޯލް މުބާރާތުގެ ހާފް ޓައިމް ޝޯގައި އެޅުވި ގިނަ ފިލްމުތަކެއްގެ ޓްރެއިލާތަކާ އެކު އެވެ.

ޓްރެއިލާ އަށް ބަލާ ނަމަ، މާވެލްގައި ޖޭމްސް ހޭދަކުރި ދުވަސްތައް ނިންމާލަން ރާވާފައި ވަނީ ވަރަށް ކުލަގަދަކޮށެވެ.

ސީކުއެލްގައި ބޮޑު މަގްބޫލުކަމެއް ހޯދި ސްޓާ ލޯޑް (ކްރިސް ޕްރެޓް) އަދި ގަމޯރާ (ޒޯއީ ސަލްދާނާ) ގެ ލޯބީގެ ވާހަކަ ނިމުމަކަށް އައިސް، ސްޓާލޯޑް އަދި ގަމޯރާގެ ދައްތަ، ނެބިއުލާ (ކެރެން ގިލަން) ގުޅޭނެ ފަދަ އިޝާާރާތްތަކެއް ޓްރެއިލާއިން ފެނެ އެވެ.

އެއީ ގާޑިއަންސްގެ އެންމެ ފަހު ދަތުރު ކަމަށް ޓްރެއިލާގައި ބުނާއިރު، ފިލްމުގެ އެންޓަގޮނިސްޓު ނުވަތަ ވިލަންގެ ރޯލުން ފެންނާނީ ސީދާ ކާކުކަން ޔަގީނެއް ނޫނެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި، އެއީ ނައިޖީރިއަން އެކްޓަރު ޗުކްވުޑި އިވުޖީގެ 'ދަ ހައި އިވޮލިއުޝަނަރީ' އެވެ. އޭގެ އިތުރުން، އެޑަމް ވާލޮކް (ވިލް ޕޯލްޓާ) ވެސް ބަލާބެލުމަށް ނުބައި ރޯލަކުން ފެނުނު ނަމަވެސް، ގިނަ ބަޔަކު ދެކެނީ އޭނާ ފަހުން ރަނގަޅު ވާ ކަމަށެވެ.

އެމްސީޔޫގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ އެންމެ ފަހު ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.