ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް
ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް

ޑްރޯން ޓެކްނޮލޮޖީ ދުނިޔެއަށް ތައާރަފުވެ، ޑްރޯންގެ އެހީގައި އެކި ބާވަތުގެ ތަކެތި އުފުލުން އާންމުވަމުން އަންނައިރު މި ކުދިން ބޭނުންވީ ރާއްޖެއަށް މުހިންމު ވެފައިވާ ކަމަކަށް ޑްރޯން އިން ހައްލު ހޯދައިދޭށެވެ. އެއީ އެއްރަށުން އަނެއް ރަށަށް ބޭސް އުފުލަން "މެޑިސިން ޑްރޯން" އެއް ހެދުމެވެ.

ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް
ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް

ދެ ދުވަހުގެ މުއްދަތަށް، އަމީނިއްޔާ ސްކޫލުގައި 253 ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ "ސްމާޓް އިނޮވޭޓިވް ފެއާ 2023" ގައި ގްރޭޑް 8 ގެ ފަސް ދަރިވަރެއްގެ މި ހުށަހެޅުމަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް
ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް

އައިޝަތު ލުކާ ޝަމީމާއި މުހައްމަދު މާކިން ޝަޒީމާއި އައިމިނަތު މައިޝާން އިބްރާހިމާއި ފާތިމަތު ނަޒީހާ ނަޒްމީނާއި ހަދީޖާ ނައުރާ އަދި ނިބާލް އަށް "މެޑިސިން ޑްރޯނެއް" އުފެއްދުމުގެ ހިޔާލު އައީ އެއް ރަށުން އަނެއް ރަށަށް ކަނޑު ހުރަސްކޮށް ގިނަ ވަގުތުތަކެއް ހޭދަކޮށް ބޭސް ގެންދަން އުފުލަންޖެހޭ ތަކްލީފް ބޮޑުކަމުންނެވެ.

ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް
ސައިންސް ފެއާގައި މި ކުދިން ހެދީ ބޭސް އުފުލަން ޑްރޯންއެއް

"ރަށްރަށުން ނުލިބޭ ބައެއް ބޭސް ހުންނާނެ، މާލެއިން ލިބޭ. އެކަހަލަ ހާލަތްތަކުގައި މި ޑްރޯން ބޭނުންކުރަނީ ޑޮކްޓަރުގެ ބޭސް ސިޓީއާ އެކު،" އެ ކުދިން ކިޔައިދިނެވެ.

"މި ބޭނުންކުރާނީ ރީޖަނަލް ހޮސްޕިޓަލްތަކުން އެކަނި. މާލެއިން އަތޮޅު ހޮސްޕިޓަލަށް ޑްރޯންގައި ބޭސް ގެންދިޔައީމާ ކައިރި ރަށްރަށަށް ބޭސް ގެންދާނީ ލޯންޗުން ނުވަތަ ދޯނިން. ވަކި ގަޑިއެއްގެ ތެރޭގައި އެ ޖެހޭނެ ގެންދަން."

އެ ކުދިންގެ ޕްލޭންގައި އޮތީ ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭސް ގެންދިޔުމުން އެތަނުން ޑޮކްޓަރަކު ބޭހާ ހަވާލުވާ ގޮތަށެވެ.

ޕޮޕްސިކަލް ހަދަން ބޭނުންކުރާ ދަނޑި އާއި މޯޓަރު ބޭނުންކޮށްގެން ހަދާފައިވާ މި ޑްރޯންގެ ބެޓެރި ބަދަލުނުކޮށް 260 ކިލޯމީޓަރު (160 މޭލު) ދުރަށް ދަތުރުކުރެވޭނެ ކަމަށް އެ ހެދި ކުދިން ބުންޏެވެ. އޭގެ ބެޓެރީގެ ޗާޖު ހިފަހައްޓަން ސޯލާ ޕެނަލެއް ހަރުކޮށްފައިވެ އެވެ. އަދި އެ ޑްރޯނުން ބައި ގަޑިއިރާއި 4 ގަޑިއިރާ ދެމެދުގެ ވަގުތެއްގެ ތެރޭ ބޭސް ޑެލިވަރީ ކޮށްދެވޭނެ އެވެ. މިއީ 1.75 - 5.85 ކިލޯގެ ތަކެތި އުފުލުމުގެ ގާބިލްކަން ހުރި އެއްޗެކެވެ.

ބޭސް ޑެލިވަކުރަންޖެހޭ އަވަސްމިން ކުލަތަކުން ހުންނަނީ ފާހަގަކޮށްފަ އެވެ. ރަތް ކުލައިން ނަމަ އެއީ ވަރަށް އަވަހަށް ޑެލިވަރީ ކުރަން ޖެހޭ ބޭހެކެވެ. އޮރެންޖް ކުލަ ނަމަ އެއީ ވަރަށް ބަލައިގެން ގެންދަން ޖެހޭ ބޭހެކެވެ. ނަމަވެސް އަވަހަށް އެ ބޭސް ވެސް ގެންދަން ޖެހޭނެ އެވެ. ކުލަ ރީންދޫނަމަ އެއީ ގެންދާ ބޭހުގެ ގޮތުން އަވަސް ކުރަން ޖެހޭ ބޭހެވެ. ފެހިކުލަ ނަމަ ލަސްވި ނަމަވެސް އެ ގެންދަން ބުނެފައިވާ ވަގުތުގެ ތެރޭގައި ގެންދެވިދާނެ އެވެ.

އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރުވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެ އެވެ. ހާއްސަކޮށް، އެކިހެރި ހިސާބުތަކަށް މީގެ މުހިންމުކަން ބޮޑެވެ.

މި އަހަރު ނިމުމުގެ ކުރިން ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކޮށް، އެކި ބޭނުންތަކަށް ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.