ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް
ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 43 ވަނަ "ބްރިޓް އެވޯޑްސް" ގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުރީގެ ބޯއީ ބޭންޑް ވަން ޑިރެކްޝަނުން ވިދާލި ހެރީ ސްޓައިލްސް ނޮމިނޭޓުވި އެވޯޑުތަކުން ހުރިހާ އެވޯޑެއް ކާމިޔާބުކޮށް، އެންމެ މޮޅު އާޓިސްޓުގެ ޝަރަފް ހޯދައިފި އެވެ.

ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް
ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިންނަށް ހާއްސަކޮށްދޭ އެ އެވޯޑު ހަފްލާގައި ހެރީ ނޮމިނޭޓުވި ހަތަރު އެވޯޑަކީ، އެންމެ މޮޅު ލަވަޔާއި އަލްބަމާއި އެންމެ މޮޅު އާޓިސްޓުގެ އިތުރުން އެންމެ މޮޅު ޕޮޕް/އާރްއެންބީ އެކްޓުގެ އެވޯޑެވެ. އެ ހުރިހާ އެވޯޑެއް ހެރީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް
ބްރިޓް އެވޯޑްސް 2023: އެންމެ މޮޅު އާޓިސްޓުގެ އެވޯޑާ އެކު ޝަރަފްވެރި ހަތަރު އެވޯޑެއް ހެރީ އަށް

އެންމެ މޮޅު ލަވައިގެ އެވޯޑު ހެރީގެ މަގްބޫލު ހިޓު، "އެޒް އިޓް ވޯޒް" ލަވަޔަށް ލިބުނު އިރު، "އަލްބަމް އޮފް ދަ އިޔާ" ގެ އެވޯޑު ލިބުނީ އޭނާގެ އަލްބަމް، "ހެރީސް ހައުސް" އަށެވެ. އެ އަލްބަމަށް ވަނީ މި އަހަރުގެ ގްރޭމީގެ "އަލްބަމް އޮފް ދަ އިޔާ" އެވޯޑު ވެސް ލިބިފަ އެވެ.

ހެރީއާ އެކު "އާޓިސްޓު އޮފް ދަ އިޔާ" އެވޯޑަށް ވާދަކޮށްފައި ވަނީ ރެޕަރު ސެންޓްރަލް ސީ އާއި، ފްރެޑް އަގެއިން އާއި، ޖޯޖް އެޒްރާ އަދި ސްޓޯމްޒީ އެވެ. އެ އެވޯޑަށް ހުސް ފިރިހެން އާޓީސްޓުން ނޮމިނޭޓުވުމުން ގިނަ ބަޔަކު އަންނަނީ ފާޑު ވެސް ކިޔަމުންނެވެ. އެ ވާހަކަ، ހެރީ އެވޯޑާ ހަވާލުވުމަށް ފަހު ވެސް ފާހަގަކުރި އެވެ.

ބްރިޓް އެވޯޑްސްގައި ދޭ "އިންޓަނޭޝަނަލް އާޓިސްޓް އޮފް ދަ އިޔާ" ގެ އެވޯޑު ބިޔޯންސޭ ކާމިޔާބު ކުރި އިރު، "އިންޓަނޭޝަނަލް ސޯންގް އޮފް ދަ އިޔާ" ވެސް ލިބުނީ ބިޔޯންސޭގެ "ބްރޭކް މައި ސޯލް" އަށެވެ. އަދި ރެޕް/ހިޕްހޮޕްގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ "ބެސްޓް ހިޕްހޮޕް/ގްރައިމް/ރެޕް އެކްޓް" ގެ އެވޯޑު ލިބުނީ ފަހަކަށް އައިސް މަގްބޫލުކަމެއް ހޯދަމުން އަންނަ އެއިޗް އަށެވެ.