12 ފެބުރުއަރީ 2023 - 10:24

މިދިޔަ މަހު، ވ. އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި އެވެ.
މިދިޔަ މަހުގެ ދެވަނަ ދުވަހު ފެނުނު އެ ހަށިގަނޑު ފެނިފައި ވަނީ އެ އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުންނެވެ.
ފުލުހުން ބުނީ އެ އަތޮޅުން ފެނުނު ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، މިހާރު ވަޅުލާފައިވާ ކަމަށެވެ. އެއީ ކާކުކަން ދެނެގަނެ ޑީއެންއޭ އެނަލިސިސް ހެދުމަށް ނެގި ސާމްޕަލެކެވެ.
ކަނޑުމަތިން ހަށިގަނޑެއް ފެނިފައި ވާއިރު، ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންގެ ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު ވަނީ މާލެއިން ފެނިފަ އެވެ. އަދި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިފައި ވާއިރު އެ މީހުން ދަތުރު ކުރި ބޯޓު ވަނީ ފެނިފަ އެވެ. ގެއްލިގެން ހޯދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، އެވެ.