އަޖޭގެ ފިލްމު "މައިދާން" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި
އަޖޭގެ ފިލްމު "މައިދާން" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި

ބޮލީވުޑްގެ ބަތަލް، އަޖޭ ދޭވްގަންގެ "މައިދާން" ފިލްމު ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އަޖޭގެ ފިލްމު "މައިދާން" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި
އަޖޭގެ ފިލްމު "މައިދާން" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި

އަޖޭގެ "ދްރިޝްޔަމް 2" ގެ ކާމިޔާބީއަށް ފަހު، ކުރިމަގުގައި ނެރެން ހަމަޖެހިފައިވާ ދެ ފިލްމުގެ ތެރެއިން "މައިދާން" ރިލީޒްކުރާ ތާރީހު ފަސްކުރީ ޖުލައި މަހުގެ 23 އަށެވެ.

އޭނާ ލީޑުން ފެންނަ އަނެއް ފިލްމު، "ބޯލާ" އަންނަ މާޗު މަހުގެ 30 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާއިރު، މީގެ ކުރިން، ކޮވިޑް ޕެންޑަމިކާ ހެދި އެކި ފަހަރު މަތިން "މައިދާން" ފަސްކުރި އެވެ. އެންމެ ފަހުން އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.

"ބޮލީވުޑް ހަންގާމާ" ނޫހުން ރިޕޯޓުކުރި ގޮތުގައި، ޖުލައި 23 އަކީ ފިލްމު ރިލީޒްކުރުން އެންމެ ފަސްކުރާނެ ތާރިހެވެ. އަދި މެއި މަހު ރިލީޒް ނުކުރީ އެ މަހަކީ ގިނަ ފިލްމުތަކެއް ނެރޭ މަހަކަށް ވާތީ ކަމަށް އެ ބުނެފައިވެ އެވެ.

އަމިތު ޝަރްމާ ޑައިރެކްޓު ކުރި "މައިދާން" ސްޕޯޓްސް-ޑްރާމާ ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ އެންމެ ރަންޒަމާނުގައި ވިދާލި ކޯޗު އަދި 1950 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރަށް އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމު މެނޭޖު ކުރި ސައީދު އަބްދުއްރަހީމްގެ ބަޔޯޕިކެކެވެ އެ ފިލްމުގައި އަޖޭ ފެންނާނީ ސައީދުގެ ރޯލުންނެވެ.