ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް
ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތިން ރަށަށް ދެވުނުއިރު ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ބުނީ އެ ރަށްރަށުގައި މިހާރު މަސްވެރިކަން ނެތް ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް
ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް

ހއ. ތުރާކުނުން ފެށި ދަތުރުގައި އުލިގަމާއި މޮޅަދުއަށް މިދިޔަ ހަފުތާގައި އޭނާ ދިޔަ އެވެ. މިހާރު ހުރީ އެ އަތޮޅު ހޯރަފުށީގަ އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް
ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް

ސާޖިން ބުނިގޮތުގައި، ތުރާކުނުގައި މަހަށް ދާ ދެ ދޯނި އޮތަސް، މަހަށް ފުރަނީ އެންމެ ދޯންޏަކުންނެވެ. ކުރިން ދަނޑުވެރިކަން ވެސް ކުރި އެ ރަށުގައި މިހާރު އެކަން ކުރަނީ ވެސް މަދު މީހެކެވެ. ގިނަ މީހުން އުޅެނީ ރަށު ސްކޫލާއި އޮފީހާއި ރަށުގައި ދެން ވެސް ހުރި ސަރުކާރު ވަޒީފާއެއްގަ އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް
ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތިން ރަށުގައި މަސްވެރިކަމެއް ނެތް

ރަށުން ރަނގަޅު މަސައްކަތެއް ނުލިބޭތީ ގިނަ ޒުވާނުން މިހާރު ދަނީ ރިސޯޓަށެވެ.

"އުލިގަމުގައި މިހާރު މަސްވެރިން ނުވެސް ނެތް. އެ ރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައި އޮތީ، އެއީ ބޭރުން މި އަންނަ ޔޮޓުފަހަރުގެ ވިޔަފާރިއަށް،" އޭނާ ބުންޏެވެ.

"މޮޅަދޫގައި ވެސް މަސްވެރިން ހުއްޓުނުތާ މިހާރު ވަރަށް ޒަމާންވެއްޖެ ކަމަށް އެ ރަށު މީހުން ބުނީ."

ސާޖިން ބުނީ އެ ރަށްރަށުގައި މަސްވެރިކަން ނެތިގެން ދަނީ އެކަން ކުރިއަރުވަން އެއްވެސް ކަމެއް ނުކުރެތީކަން އެނގުނު ކަމަށެވެ. މަސްވެރިކަން ކުރިޔަސް، އެކަން ކުރުމުގައި ދިމާވާ ގޮންޖެހުންތައް ބޮޑުވުމުން އެހެން ވަޒީފާތަކަށް މީހުން ދަނީ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 85 އަހަރު މޮޅަދޫ އަލިބެ، 40 އަހަރު ވަންދެން މަސްވެރިކަމުގައި އުޅުނެވެ. އަލިބެ ބުނިގޮތުގައި، އުތުރުގެ ރަށްރަށުގައި މިހާރު މަސްވެރިކަން ނެތިގެން ދަނީ މަސް ކިރުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.

"މަސް ކިރަން ދާން މި ޖެހެނީ އެހާ ދުރަށް. ތެޔޮ އެއްޗެހި އެހާ އަގުބޮޑު. އެހެންވުމުގެ ސަބަބުންހެން ހީވަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މަސްވެރިކަން ކުރާނެ އޮޑިޔަކާއި އޮޑިވެރިން ނެތުމުން މިހާރު އެ ރަށުގައި މަސްވެރިކަން ނުކުރާތާ 10-12 އަހަރު ވެދާނެ ކަމަށެވެ.

ތުރާކުނާއި އުލިގަމާއި މޮޅަދޫ އަކީ މީސްކޮޅު މަދު ރަށްތަކަކަށް ވިޔަސް، ސާޖިންނަށް ފާހަގުކުރެވުނީ އެއީ ވަރަށް އެކުވެރި ބަޔަކު ދިރިއުޅޭ ރަށްތަކެއްގެ ގޮތުގަ އެވެ. އެކަން އޭނާއަށް ޔަގީންވީ އެއިން ކޮންމެ ރަށަކުން ވެސް އޭނާއަށް ކީ މަރުހަބާއިންނާއި އެންމެން ބެހެއްޓި ގާތްކަމުގެ ސަބަބުންނެވެ.

މި ރަށްރަށުން ސާޖިންއަށް ވަރަށް ޝައުގުވެރި ތަންތަނާއި އެއްޗެހި ވެސް ފެނުނެވެ؛

ފިލި ގަހަކީ މިހާރު ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ގަހެކެވެ. އުލިގަމުގައި މީގެ ގަހެއް ހުރެ އެވެ. އެ ގަހުގެ ބޮއްޓާއި ތޮށި ދިވެހި ބޭސްވެރިކަމަށް ބޭނުންކޮށް އުޅެ އެވެ.

އުލިގަމު ހުކުރު މިސްކިތަކީ ވެސް ހާއްސަ ތަނެކެވެ. އެ ހާއްސަކަން ލިބިފައި ވަނީ، އެ މިސްކިތަކީ މާލޭގައި ހުންނަ ހުކުރު މިސްކިތާ ހަމަ އެއްގޮތަކަށް ޑިޒައިންކޮށްފައި ހުރި މިސްކިތަކަށް ވުމުންނެވެ. އެ މިސްކިތުގެ މުންނާރު ވެސް ހަދާފައި ވަނީ މާލޭގެ މުންނާރާ ހަމަ އެއްގޮތަކަށެެވެ.

އެ މިސްކިތަކީ، ޗަމްޕާ އާއިލާއިން މީގެ 20 އަހަރު ކުރިން އުފެއްދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުޅު ތުއްތު ފައުންޑޭޝަނުން އެ ރަށަށް ހަދިޔާކުރި މިސްކިތެކެވެ.

މޮޅަދޫ އަކީ އާސާރީ ވަރަށް ގިނަ ތަންތަން ހުރި ރަށެކެވެ. އޭގެން އެއް ތަނަކީ އެ ރަށުގެ ކުރީގެ ހުކުރު މިސްކިތުގެ ގޯތިތެރޭގައިވާ ގަބުރުސްތާނުގައި ހަދައިފައި ހުރި ސައްޔިދު ތޯހާ ޒިޔާރަތެވެ. އެ ޒިޔާރަތް ހަދައިފައި ވަނީ ބިންގަލަށް ވެލިގައު އަދި ޒިޔާރަތުގެ ބިތުގައި ވަކަރާއި ކާނިފަދަ ލަކުޑި ބޭނުންކޮށްގެންނެވެ. އެ ޒިޔާރަތަށް 100 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް ބުނެ އުޅެ އެވެ.

ބުނެވޭ ގޮތުގައި އެއީ މަތީރަށްފުޅުގައި އޮންނެވި ވަލީވެރިކަލޭފާނުގެ އާއިލާ ބޭފުޅެއް ކަމަށް ސައްޔިދު ތޯހާގެ ސަންދޯއް އެ ރަށަށް ލެއްގުމުން، އެ ސަންދޯއް ވަޅުލައި އެތަނުގައި ހެދި ޒިޔާރަތެކެވެ. މީގެ 50 ވަރަކަށް އަހަރު ކުރިން، ވަރަށް ގިނައިން މީހުން އެތަނަށް ނަދުރު ބުނަން ގޮސް އުޅުނު ކަމަށްވެ އެވެ.

އެ ރަށުގައި ގަރުނެއްވީ ހަތަރު ފެންވަޅާއި ވެވެއް ވެސް އެބަހުއްޓެވެ. ރަށުގެ ގަބުރުސްތާނުގައި ވެސް ހިރިގަލުގެ ރީތި ކުރެހުންތައް ހުރި އާސާރީ ގިނަ މަހާނާ ގާތަކެއް އެބަހުއްޓެވެ.