11 ފެބުރުއަރީ 2023 - 14:56

ހުޅުމާލޭ 2 ގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑެއް ތަޅާލައި ފުލުހަކަށް އަނިޔާވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ގާބުރިއެއް އެއްލުމުން ކަމަށެވެ. އަނިޔާވީ ގާބުރި އެއްލި ވަގުތު ޕޮލިސް ސްޓޭޝަން ތެރޭގައި ހުރި ފުލުހަކަށް ކަމަށާއި އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް ސްޓޭޝަނަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.