ސިމްޑީގެ އެޕުން މިހާރު ޕްރީ އޯޑަ ކުރެވޭނެ
ސިމްޑީގެ އެޕުން މިހާރު ޕްރީ އޯޑަ ކުރެވޭނެ

ސިމްޑީގެ އެޕް މެދުވެރިކޮށް އެކި ޕްރޮޑަކްޓުތައް ޕްރީ އޯޑާ ކުރެވޭ ފީޗާއެއް މިއަދު ތައާރަފްކޮށްފި އެވެ.

ސިމްޑީން ބުނި ގޮތުގައި އެ ފީޗާ މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް އޯޑަރު ކުރެވޭނެ އެވެ. އޭގެ ތެރޭގައި އެޕަލް، ސެމްސަންގް، ޕޮލާ އިގްނައިޓް، މެޓަ ކުއެސްޓް ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

އެޕް މެދުވެރިކޮށް އޯޑަރު ދޭ އިރު، ގަންނަ މުދަލަށް ހާފް ޕޭމަންޓު ނުވަތަ ފުލް ޕޭމަންޓު ދެއްކުމުގެ އޮޕްޝަން ލިބޭނެ އެވެ.

ސިމްޑީން ބުނި ގޮތުގައި އެޕް މެދުވެރިކޮށް އޯޑަރުކުރާ ޕްރޮޑަކްޓުތަކަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭނެ ތަކެއްޗެވެ. އަދި އޯޑަރުކުރާ ޕްރޮޑަކްޓުތައް ކަސްޓަމަރަށް ގާތްގަނޑަކަށް 7-14 ދުވަސް ތެރޭ ލިބޭނެ ކަމަށް ސިމްޑީން ބުންޏެވެ.

ސިމްޑީން ބުނި ގޮތުގައި މިހާރު އެ އެޕުން ޕްރީ އޯޑަރު ކުރެވެން ހުރި ބްރޭންޑުތައް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ސިމްޑީގެ އެޕް މެދުވެރިކޮށް 200 އަށް ވުރެ ގިނަ ބްރޭންޑުތަކުގެ 15،000 އަށް ވުރެ ގިނަ ޕްރޮޑަކްޓު މިހާރު ލިބެ އެވެ.

ސިމްޑީގެ މޮބައިލް އެޕް ގޫގްލް ޕްލޭ ސްޓޯ އަދި އެޕް ސްޓޯރުން ލިބޭނެ އެވެ.