11 ފެބުރުއަރީ 2023 - 15:14

ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑުކުރުމުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިމިޓެއް ނެތި ސޯޝަލް މީޑިއާ އާއި އެސްއެމްއެސް ބޭނުންކޮށް، ފޯންކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަޕްގްރޭޑުގެ ދަށުން "ޕޯސްޓްޕެއިޑް 1000" ޕެކޭޖުން 40 ޖީބީގެ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
އެ އަޕްގްރޭޑުގެ ދަށުން "ޕޯސްޓްޕެއިޑް 1700" ޕެކޭޖުން 100 ޖީބީގެ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސާއި ދިރާގު އަދި ލޯކަލް ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިބޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ފަރުމާ ކުރުމަށެވެ. އަދި ޕެކޭޖުތަކަށް ގެނައި އަޕްގްރޭޑުގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެ، އިތުރު އަގަކާ ނުލައި ގިނަ އަަދަދެއްގެ ޑޭޓާ ލިބޭނެކަން ފާހަގަކުރެއްވި އެވެ.
ދިރާގުގެ މޮބައިލް އެޕް މެދުވެރިކޮށް، އަޕްގްރޭޑު ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެ އެވެ.