11 ފެބުރުއަރީ 2023 - 13:40

އިންޑީ 60 މީޓަރުގައި ރާއްޖޭގެ 15 އަހަރުވީ ގައުމީ ރެކޯޑް އަހްނާ ނިޒާރު މުގުރާލިތާ 10 މިނެޓް ނުވަނީސް މަރްޔަމް ރޫޔާ އަލީ އެ ރެކޯޑް މުގުރާލައިފި އެވެ.
ކަޒަކިސްތާންގެ ގައި އިއްޔެ ފެށި އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 60 މީޓަރުގެ ގައުމީ ރެކޯޑް އަހްނާ މުގުރާލުމުގެ ކުރިން އެ ރެކޯޑް ހެދީ 2008 ބޭއްވި އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރެކޯޑް ހެދީ ޖައުނާ އަބްދުﷲ ނާފިޒު އަތުގަ އެވެ
ގަތަރުގެ ދީީހާގައި ފެބްރުއަރީ 2008 ގައި ބޭއްވި ޗެމްޕިއަންޝިޕްގައި ޖައުނާ އެ ރެކޯޑް ހެދީ 8.30 ސިކުންތުނެވެ. އިއްޔެ ކަޒަކިސްތާންގައި އެސްޓާނާ އަހްނާ އެ ރެކޯޑް މުގުރާލީ 7.89 ސިކުންތުން ރޭސް ނިންމައިގެންނެވެ.އެ ރެކޯޑަށް 10 މިނެޓް ނިވަނީސް އެ އިވެންޓްގެ ދެން ޖެހިގެން އޮތް ހީޓްގައި ވާދަކޮށް، އަހްނާގެ ރެކޯޑަށް ރޫޔާ ނިމުން ގެނައީ 0.23 ގެ ތަފާތަކުންނެވެ.
އެންމެ ފަހުގެ ގްރޯ ޕްރީ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދީ ރޫޔާ ރޭސް ނިންމީ 7.66 ސިކުންތުންނެވެ. ގްރޯ ޕްރީ މުބާރާތުގައި ވެސް އަހްނާ އާއި ރޫޔާގެ ވާދަވެރިކަން ފެނުނެވެ. އެގޮތުން އެ މުބާރާތުގެ ލޯންގް ޖަމްޕްގެ ފައިނަލާއި 100 މީޓަރުގެ ފައިނަލުގައި ވެސް މި ދެ އެތުލީޓުން ވާދަ ކުރި އެވެ.