09 ޖޫން 2016 - 09:54

ލިޒްބަން (ޖޫން 9) - މާދަމާރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު އެސްޓޯނިއާ އަތުން 7-0 އިން މޮޅުވެއްޖެ އެވެ.
ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު މި މެޗުގައި ރޮނާލްޑޯގެ އިތުރުން ރިކާޑޯ ކުއަރެސްމާ ވެސް ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޑެނީލޯ އާއި އެޑާ އެވެ. ތިން ވަނަ ލަނޑަކީ އެސްޓޯނިއާގެ ކެރޯލް މެޓްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭގެ މެޗަކީ، ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަހުން އުމުރުން 31 އަހަރުގެ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. ޗުއްޓީއަކަށް ފަހު އެނބުރި އައިސް އޭނާ ކުޅުނު އިރު ފުރަތަމަ ހާފަށް ފަހު އޭނާ ވަނީ ބާލައިފަ އެވެ.
މުބާރާތުގެ ފައިނަލުން 2004 ވަނަ އަހަރު ގްރީސް އަތުން ބަލިވި ޕޯޗުގަލް މި ފަހަރު ހިމެނެނީ އައިސްލެންޑާއި ހަންގޭރީ އަދި އޮސްޓްރިއާ އެވެ.