10 ފެބުރުއަރީ 2023 - 11:55

ސިނަމާލެ ބްރިޖު ހައިވޭގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން ފިރިހެނަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 40ގެ އަހަރުތައް ގުނަމުން އަންނަ އެ ފިރިހެން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ ނޭވާލައްވަމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކްސިޑެންޓު ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.