ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް އަރައިފި
ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް އަރައިފި

ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 214،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 31 ޕަސެންޓު އިތުރު އަދަދެކެވެ. މި އަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަކީ 5،600 އެވެ.

މިދިޔަ މަހު ރާއްޖެ އަށް 172،000 ޓޫރިސްޓުން އައިސްފައިވާއިރު، މި މަހުގެ މިހާތަނަށް އައި މީހުންގެ އަދަދަކީ 42،000 އެވެ.

ޓޫރިސްޓުން އެންމެ ގިނައިން އަންނަ ރަޝިއާގެ މީހުންގެ އަދަދަކީ 27،000 އެވެ. އިންޑިއާ އިން އައީ 23،000 ޓޫރިސްޓުންނެވެ. އިޓަލީން 20،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް ޗައިނާ އިން އައީ 6،000 ޓޫރިސްޓުންނެވެ. އެ ގައުމުތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި އެމެރިކާ އާއި ފްރާންސާއި އިނގިރޭސި ވިލާތާއި ސްވިޒަލެންޑާއި ޕޮލެންޑް ވެސް ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.