09 ފެބުރުއަރީ 2023 - 15:22

ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި އެ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކޮށް، ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިވެވޭނެ އެވެ. އަދި އެ ޕާޓްނާޝިޕަކީ އެ ކުންފުނިން ކުޅިވަރު ތަރައްގީކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެކުލަވާލި ޕާޓްނާޝިޕެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި އެ ޕާޓްނާޝިޕުގެ ދަށުން ހޭންޑްބޯލް މޯލްޑިވްސްއާ އެކު އެ ކުޅިވަރު އިތުރަށް ކުރިއަރުވައި ގިނަ ބަޔަކަށް އެ ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތުތަކެއް ހޯދާދެވޭނެ އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން ބިނާ ކުރުމަކީ އެ ޕާޓްނާޝިޕުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.
ދިރާގުން ސީއެސްއާރުގެ ދަށުން ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.