މިސްކިތަށް ދިޔަ ކުއްޖަކާ ބެހުނު މީހަކު 30 ދުވަހަށް ބަންދަށް
މިސްކިތަށް ދިޔަ ކުއްޖަކާ ބެހުނު މީހަކު 30 ދުވަހަށް ބަންދަށް

މާލޭގެ މިސްކިތެއް ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއެއްގެ ބަންދަށް 30 ދުވަސް ދީފި އެވެ.

ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދާ ކުއްޖަކަށް އެކި ފަހަރުގެ މަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެ ބިދޭސީ އަކީ އެ މިސްކިތުގައި މަސައްކަތްކުރާ މީހެއް ކަމަށްވެ އެވެ. އަދި އޭނާ ޖިންސީ ގޯނާ ކުރަމުން ދިޔައީ އެ މިސްކިތަށް ނަމާދަށް އަރާ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އެކަން މީހުންގެ ސަމާލު ކަމަށް އައުމުން މިދިޔަ އަންގާރަ ދުވަހު އޭނާއާ މާރަމާރީ ހިންގަން އުޅުމުން ބަޔަކު ވަނީ އޭނާ އެކަހެރިކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.