މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!
މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!

އައިފޯނާއި އެންޑްރޮއިޑްގެ ވާދަވެރިކަން އެ ދެ ފޯނު އުފައްދާ ދެ ކުންފުނީގެ އިތުރުން އެ ބޭނުންކުރާ މީހުންގެ މެދުގައި ވެސް ބޮޑެވެ. އެންމެ އާންމުކޮށް، ފޯނުގެ ފީޗާތަކުގެ ތެރެއިން އަޅާ ކިޔާ އެއް ފީޗާއަކީ، ކެމެރާ ކޮލެޓީ އެވެ.

މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!
މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!

އައިފޯންގެ ސިނަމެޓިކް މޯޑުން ވަރަށް ފުރިހަމައަށް ވީޑިއޯ ނެގެ އެވެ. ސެމްސަންގް ވެސް ކެމެރާ ކޮލެޓީއަށް އަންނައިރު، ވަކި ދުލެއް ނުކުރެ އެވެ.

މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!
މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!

ސެމްސަންގް ކުންފުނިން އެންމެ ފަހުން ތައާރަފްކުރި 200 މެގަޕިކްސަލް ގެލެކްސީ އެސް 23 އަލްޓްރާ ފޯނުގެ ކެމެރާ، އެ ކުންފުނިން ދައްކާލަ ދިނީ، އިނގިރޭސި ވިލާތުގެ މަޝްހޫރު ޑައިރެކްޓަރު، ސަ ރިޑްލީ ސްކޮޓްގެ ކުރު ފިލްމަކުންނެވެ.

މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!
މި ފިލްމުން ދައްކައިދެނީ "ގެލެކްސީ އެސް23 އަލްޓްރާ" ފޯނުގެ ކެމެރާ ކޮލެޓީ!

ރިޑްލީ އާއި ސިނަމެޓޯގްރަފާ، ފްލަވިއޯ ލަބިއާނޯ، ޕްރޮފެޝަނަލް-ގްރޭޑް ލައިޓިން އަދި ހޮލީވުޑް ސްޓައިލްގެ ކެމެރާ މައުންޓު ބޭނުންކުރި ނަމަވެސް، "ބިހޯލްޑް" ނަންދީފައިވާ، ހަތަރު މިނެޓުގެ ކުރު ފިލްމުގެ ހުރިހާ މަންޒަރުތަކެއް ޝޫޓުކޮށްފައި ވަނީ ސެމްސަންގް ގެލެކްސީ އެސް23 އަލްޓްރާ ފޯނަކުންނެވެ.

ވަރަށް އާދައިގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމުގައި ދައްކައިދެނީ ނުރައްކާތެރި މާހައުލަކުން، ކޮންމެ ދިމާއެއްގައި ވެސް ކޮންމެވެސް ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކުދިންތަކެއްގެ މަންޒަރެވެ.

ރިޑްލީގެ އިރުޝާދުގެ ދަށުން ފިލްމުގެ މަންޒަރު ޝޫޓުކުރި ލަބިއާނޯ ބުނީ، އޭނާ އާންމުކޮށް ބޭނުންކުރާ ފަންކްޝަންތައް ނުހުރެދާނެތީ ފުރަތަމަ ބިރުގަތް ނަމަވެސް، ފޯނުގެ ސެޓިންތަކުން އޭނާ ސިއްސުވާލި ކަމަށެވެ.

"އެސް23 އަށް އިތުރަށް އަހުލުވެރިވުމުން، އޭގެ ކެޕޭސިޓީތަކާއި، އިމޭޖްގެ ކޮލިޓީ އާއި ސެންސަރުގެ ޑައިނަމިކް ރޭންޖު ވަރަށް ކަމުދިޔަ،" ލަބިއާނޯ ބުންޏެވެ.

ސެމްސަންގުން ދާދި ފަހުން ވަނީ ގެލެކްސީގެ ތިން މޮޑެލް އެއް ލޯންޗުކޮށްފަ އެވެ. އެއީ، ގެލެކްސީ އެސް23، ގެލެކްސީ އެސް23 ޕްލަސް އަދި ގެލެކްސީ އެސް 23 އަލްޓްރާ އެވެ. މިހާރު އެ ފޯނުތައް ޕްރީ-އޯޑާ ކުރަން ހުޅުވާލާފައިވާއިރު، މާކެޓަށް ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.