ވަށަފަރުގެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލުކުރުމުން އޭސީސީއަށް
ވަށަފަރުގެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލުކުރުމުން އޭސީސީއަށް

ހއ. ވަށަފަރު ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން، އެތަން ހަދަން ހަވާލުކުރި ފަރާތުން އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި އެވެ.

ވަށަފަރުގެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލުކުރުމުން އޭސީސީއަށް
ވަށަފަރުގެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލުކުރުމުން އޭސީސީއަށް

އެ މައްސަލަ ހުށަހެޅީ ހއ.ހޯރަފުށީގެ ތޮއްލަތު ރަޝީދެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލު މުހުތާޒް މުހުސިން ވިދާޅުވީ، މައްސަލަ އޭސީސީއަށް ހުށަހެޅީ، ގާނޫނާ ހިލާފަށް ވަށަފަރު ކައުންސިލުން އެގްރީމަންޓް ބާތިލުކުރުމުން ކަމަށެވެ.

މި މައްސަލަ ސިޓީ ހޮޓާ ހަދާ ފަރާތުން އޭސީސީއަށް ހުށަހެޅީ އެގްރީމެންޓް ބާތިލު ކުރުމުގައި ވަށަފަރު ކައުންސިލުން އަމަލުކުރި ގޮތް ބަލައިދީ، އެ ނިންމުން ނިންމުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށެވެ.

ވަށަފަރުގެ އުތުރުން 300،000 އަކަފޫޓްގެ ސަރަހައްދެއް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ ނުވަ އަހަރު އެތަނުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިޓީ ހޮޓަލުގައި 102 ކޮޓަރި އެޅުމަށް ހަމަޖެހިފައި ވާއިރު މިހާތަނަށް ހަދާ ނިންމާފައިވަނީ 24 ކޮޓަރި އެވެ.

މުހުތާޒް ވިދާޅުވީ، ޓޫރިޒަމްގެ އެކި ހުއްދަތައް ނުލިބި ކަނޑައެޅި ތާރީހު ފަހަޅައަޅައި ދިއުމުން އެ މުއްދަތު އިތުރު ތިން އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް އެ ނިންމުމަށް ބެލުމެއް ނެތި ކައުންސިލުން އެގޮތަށް ނިންމީ ވަކި ފަރާތަކަށް ނާޖައިޒް މަންފާތަކެއް ލިބޭ ގޮތަށް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

"އެއްބަސްވުމާ ހިލާފަށް އެގްރީމެންޓު ބާތިލް ކުރުމުން އެ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ވެސް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭންޖެހޭ ހާލަތެއް ވެސް މެދުވެރިވެދާނެ،" އޭނާ ވިދާޅުވި އެވެ.

ސިޓީ ހޮޓާ ހަދަމުން ދިޔަ ފަރާތުން އެ ތަނަށް ވަނީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.