ގަވާއިދާ ހިލާފަށް މުއައްޒަފުން ގެންގުޅުމުން ޕީއެސްޖީގެ މައްސަލަ ބަލަނީ
ގަވާއިދާ ހިލާފަށް މުއައްޒަފުން ގެންގުޅުމުން ޕީއެސްޖީގެ މައްސަލަ ބަލަނީ

ޕެރިސް (ފެބްރުއަރީ 8) - ގަވާއިދާ ހިލާފަށް ޕީއެސްޖީން މުއައްޒަފުން ގެންގުޅުނު މައްސަލައެއް ފެންމަތިކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

އެ މައްސަލަ ފެންމަތިވީ ޓިއުނީޝިއާގެ ރައްޔިތެއް ކަމަށްވާ ހިޝާމް ބައުއާޖިލާ، ޕީއެސްޖީގެ ރައީސް ނަސީރު އަލް ހެލާފީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާކަމަށް ބުނުމުންނެވެ.

ފްރާންސްގެ ޕަބްލިކް ޕްރޮސިކިއުޓަރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑިސެމްބަރު 13 ގައި ލިބުނު ޝަކުވާއަކާ ގުޅިގެން މިދިޔަ މަހު 16 ގައި މައްސަލަ ތަހްގީކުރަން ފަށާފައިވާ ކަމަށެވެ.

ހިޝާމް ބުނެފައި ވަނީ އޭނާ އަށް މުސާރަ ދެނީ ގަތަރުގެ ޓެނިސް އެކަޑަމީއެއްގެ ނަމުގައި ކަމަށެވެ. އަދި ޕީއެސްޖީގެ މަސައްކަތްތަކުގައި އޭނާ ބައިވެރިވާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

ޕީއެސްޖީގެ މިލްކުވެރިކަން އޮންނަ ގަތަރުގެ ސްޕޯޓްސް އިންވެސްޓްމެންޓްގެ ތަރުޖަމާން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހިޝާމް އަކީ ދުވަހަކު ވެސް އެ ކްލަބްގައި ވަޒީފާއެއް އަދާކުރި މީހެއް ނޫން ކަމަށެވެ.